މޫސުލްގެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން 2650 މީހެއްގެ ހަށިގަނޑު ނަގައިފި

އިރާގުގެ މޫސަލް ސިޓީގެ ސުންނާފަތިވެފައިވާ އިމާރާތެއް---

އިރާގުގެ އައިއެސް ޖަމާއަތުގެ ބާރު ނައްތާލައި އެޖަމާއަތުގެ ވެރިރަށްކަމުގައި ބަލަމުން އައި މޫސަލް މިނިވަންކުރުމަށް ކުރި ހަނގުރާމަ ނިމުމަށްފަހު އެ ޝަހަރުގެ ބިމާ ހަމަވެފައިވާ އިމާރަތްތަކުގެ ދަށުން 2650 ހޯދައިފި ކަމަށް އިރާގެ ނިވާނާ ޕްރޮވިންސްގެ ހެލްތު އޮފިޝަލުން ހޯމަ ދުވަހު ބުނެފިއެވެ.

"އާންމު ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން މިހާތަނަށް ވަނީ 2650 މީހެއްގެ ހަށިގަނޑު ހޯދައިފައި" ނިވާނާ ހެލްތު ޑިޕާޓްމަންޓުގެ ހެޑް ލައިތު ހަބާ ނިވާނާ ނިއުސް އޭޖޭންސީއަށް ކިޔައިދިނެވެ.

ގިނަ ހަށިގަނޑުތައް ފެނިފައި ވަނީ މޫސަލްގެ ހުޅަނގު ސަރަހައްދުގެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުންނެވެ.

އައިއެސް އަތުން މިނިވަންވުމަށްފަހު އިރާގުގެ ސިވިލް ޑިފެންސް ޕާސަނަލް އިން ދިޔައީ ބިމާ ހަމަވެފައިވާ އިމާޜާތްތަކުގައި ދަށުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

މޫސުލް މިނިވަން ކުރުމަށް ކުރި ހަނގުރާމައިގައި ނުވަ މަސް ދުވަސްވަންދެން އެމެރިކާއިން ދިޔައީ ކެނޑިނޭޅި މީހުން އުޅޭ ސަރަހައްދުތަކަށް ބޮން އަޅުމުންނެވެ.

މޫސުލް މިނިވަންވިތާ ދެ މަސް ވީ އިރު އެ ހަނގުރާމައިގައި މަރުވި އާންމުންގެ އަދަދު އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

comment ކޮމެންޓް