ޑައިވިން އަށް ދިޔަ ދިވެއްސަކާއި ފަތުރުވެރިޔަކު ގެއްލިއްޖެ

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ޑައިވިން އަށް ދިޔަ ދިވެއްސަކާއި ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އދ. ދިގުރަށާއި އެ އަތޮޅު ދަގެއްޗާ ދޭތެރޭ އޮންނަ "ކުޑަރަށް ތިލަ" ކިޔާ ތިލައަކަށް ޑައިވިން އަށް ދިޔަ ދިވެއްސަކާއި ފަތުރުވެރިއެއް ކަމަށެވެ.

އެ ދެ މީހުންގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 11:20 އެހާކަންހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހޯދަމުން ދަނީ ސަން އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިޔަކާއި އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި ޑައިވިން އިންސްޓްރަކްޓަރެއް ކަމަށެވެ. އެ ދެ މީހުން ވެސް ލައިގެން ތިބީ ކަޅުކުލައިގެ ޑައިވިން ޝޫޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް