Sun Online
ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސްގެ އައު ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" ރޭ ހުޅުވައިފި. އެ ފިހާރައިން ސްޕޯޓްސް ވެއާގެ އިތުރުން ކެޝުއަލް ވެއާވެސް ލިބެން ހުންނާނެ--
ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސްގެ އައު ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" ރޭ ހުޅުވައިފި. އެ ފިހާރައިން ސްޕޯޓްސް ވެއާގެ އިތުރުން ކެޝުއަލް ވެއާވެސް ލިބެން ހުންނާނެ--

ސޮނީ ސްޕޯޓްސްގެ އައު ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" ރޭ ހުޅުވައިފި

ޖަޒްލާން މުހައްމަދު
ލިޔުނީޖަޒްލާން މުހައްމަދު

ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސްގެ އައު ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" ރޭ ހުޅުވައިފި އެވެ.

ލޮނުޒިޔާރަތްމަގާއި ސިއްތިމާވާ މަގުގެ ކަންމަތީގައި ހުންނަ އެ ފިހާރަ ރޭ ހުޅުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އައިމިނަތު ޔުސްރާ ވިދާޅުވީ، ކުޑަކުދިން ކުޅިވަރުގެ ދާއިރާގައި ކުރިއަރަމުންދާ އިރު އެ ކުދިންނަށް ހާއްސަ ކޮލިޓީ ބްރޭންޑްގެ އެއްޗެހި ފަސޭހަކަމާ އެކު ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެފަދަ ފިހާރައެއް ހުޅުވީ އެހެންވެ ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސް އިން ރޭ ހުޅުވި އައު ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" ގައި ބަޔަކު. އެ ފިހާރައިން ސްޕޯޓްސް ވެއާގެ އިތުރުން ކެޝުއަލް ވެއާވެސް ލިބެން ހުންނާނެ--

ޔުސްރާ ވިދާޅުވީ އެ ފިހާރަ އިން ވިއްކާ ހުރިހާ އެއްޗިއްސަކީ ވެސް ކުޑަކުދިންނާ ގުޅުން ހުރި އެއްޗިހި ކަމަށާއި އަދި ކުޑަކުދިން ކުޅިވަރުތަކުގައި ބޭނުން ކުރާނެ ހުރިހާ އެއްޗެއް ވެސް ސޮނީ ސްޕޯޓްސް ކިޑްސް އިން ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ކެޝުއަލް ވެއާ ވެސް ލިބެން ހުންނާނެ ކަމަށް ޔުސްރާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސް އިން ހުޅުވި ފިހާރަ "ސޮނީ ސްޕޯޓްސް ކިޑްސް" -

ރާއްޖޭގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ކުޅިވަރު ކުލަބްތަކުގެ އިސްވެރިން ބުނީ އެފަދަ ފިހާރައެއް ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހުޅުވުމަކީ އެއީ ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

އެ ފިހާރަ ހުޅުވުމުގެ ހަފުލާގައި ރާއްޖޭގެ މޮޅު ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވި އެވެ.

infinity loading...
×
DB released 01.