މަޑޫގަލި ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އއ. މަޑޫގަލި ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން ކުއްޔަށްދީފައިވާ މަޑޫގަލީގެ ކުލީގެ ގޮތުގައި 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މި އަހަރުގެ ދެވަނަ ކުއާޓަރަށް ދައްކަންޖެހޭ 1،015،999.38 އެމެރިކާ ޑޮލަރު ދައްކާފައިނުވާ ކަމަށެވެ.

ހަމައެހެންމެ 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިދިޔަ އާދީއްތަ ދުވަހާ ހަމަޔަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.9 މިލިއަން ޑޮލަރު ވެސް ދައްކާފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެހެންކަމުން އެރަށުގެ ކުލީގެ ގޮތުގައި މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ދައްކަންޖެހޭ ޖުމްލަ 3.9 މިލިއަން ޑޮލަރު ދައްކައި ޚަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާ އެކު ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް