ޓްރެވަލް އެވޯޑްސްގެ އެންމެ ވަރުގަދަ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ: މަޓާޓޯ

މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ގާލާ އެޑިޝަނުގެ ދާއިރާތަކާއި އެވޯޑުތައް ލޯންޗުކޮށް، އެ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު، އަނަންތާރާ ދިގު ރިސޯޓުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި، މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނުގައި އަށް ދާއިރާއަކުން ދޭ 25 އެވޯޑު ވަނީ ލޯންޗުކޮށްފައެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ: މަޓާޓޯ

މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ދެނީ ތިން އެޑިޝަނަކަށް ބަހާލައިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަންކޮށް، ޖުލައި މަހުގެ ތެރޭގައި "ޕީޕަލްސް އެޑިޝަން" އެވޯޑްސް ބޭއްވި އިރު، ގެސްޓްހައުސް ފަތުރުވެރިކަމަށް ޚާއްސަ "ގެސްޓްހައުސް އެޑިޝަން"، މި މަހުގެ 23 ވަނަ ދުވަހު އޮންނާނެއެވެ.

އެއަށްފަހު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި، ލިވްއަބޯޑުތައް އަދި ހޮޓެލް ބްރޭންޑުތަކާއި އެއާލައިންތައް ފާހަގަކޮށް، އެވޯޑު ދޭނީ ނޮވެމްބަރު މަހު އޮންނަ ގާލާ އެޑިޝަނުގައެވެ.

މަޓާޓޯއިން ބުނީ، އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ނޮމިނޭޝަންތައް ބަލައިގަންނާނެ ކަމަށެވެ. އެވޯޑު ލިބ ފަރާތްތައް ހޮވާނީ ފަތުރުވެރިންގެ ރިވިއުތަކާއި، ޢާންމު ވޯޓަކުންނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ: މަޓާޓޯ

ގާލާ އެޑިޝަނުގެ ދާއިރާތަކާއި އެވޯޑުތައް.

ބީޗު އެންޑް ވޯޓާ

1. ލީޑިންގް ބީޗު ރިސޯޓު
2. ލީޑިންގް ޑައިވް ރިސޯޓު
3. ލީޑިންގް ސާރފް ރިސޯޓު
4. ލީޑިންގް ޑައިވް/ވޯޓާސްޕޯޓްސް ސެންޓަރ

ފުޑް އެންޑް ބެވަރޭޖް
5. ލީޑިންގް ފުޑް އެންޑް ބެވަރޭޖް ރިސޯޓު
6. ލީޑިންގް ފުޑް އެންޑް ބެވަރޭޖް އައުޓްލެޓް/ބާރ/ރެސްޓޯރެންޓް

ވެލްނެސް އެންޑް ސްޕާ
7. ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓު
8. ލީޑިންގް ވެލްނެސް އެންޑް ސްޕާ ބްރޭންޑް ޕްރޮޑަކްޓް،

ސާވިސް އެންޑް އެކްސްޕީރިއަންސް
9. ލީޑިންގް ޕްރައިވެޓް އައިލެންޑް
10. ލީޑިންގް ލަގްޒަރީ ރިސޯޓު
11. މޯސްޓް ރޮމޭންޓިކް ރިސޯޓު
12. ލީޑިންގް ފެމިލީ ރިސޯޓު
13. ލީޑިންގް ޑިޒައިނަރ ރިސޯޓު
14. ލީޑިންގް އޯލް އިންކްލޫސިވް ރިސޯޓު
15. ލީޑިންގް މީޓިންގް/ކޮންފަރަންސް ރިސޯޓު

ރެސްޕޮންސިބަލް އެންޑް ސަސްޓެއިނަބަލް ޓޫރިޒަމް
16. ލީޑިންގް އީކޯ ރިސޯޓު
17. ލީޑިންގް ސީއެސްއާރު ޕްރޮގްރާމް
18. ލީޑިންގް ހިއުމަން ރިސޯސް މެނޭޖްމަންޓް

ބްރޭންޑް މެނޭޖްމެންޓް
19. ލީޑިންގް ލޯކަލް ހޮޓެލް/ރިސޯޓު ބްރޭންޑް
20. ލީޑިންގް އިންޓަނޭޝަނަލް ހޮޓެލް/ރިސޯޓު ބްރޭންޑް

ލިވްއަބޯޑު
21. ލީޑިންގް ލިވްއަބޯޑު
22. ލީޑިންގް ލިވްއަބޯޑު ބްރޭންޑް

އެއާލައިން/ކެރިއަރ
23. ލީޑިންގް އިންޓަނޭޝަނަލް ކެރިއަރ
24. ލީޑިންގް ލޯކަލް ކެރިއަރ
25. ލީޑިންގް ލޯ ކޮސްޓް ކެރިއަރ

މި 25 އެވޯޑުގެ އިތުރުން، ފަތުރުވެރިކަން ތަރައްގީކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ފަސް ފަރާތެއް ފާހަގަކޮށް، ފަސް އެވޯޑެއްވެސް މަޓާޓޯއިން ދޭނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް