''އައިފޯން 8''ގެ ނަން ބަދަލުވީތަ؟

މާދަމާ ނޫން އަނެއް ދުވަހު އައިފޯން 8 ނެރޭ އިރު "އައިފޯން 8"ގެ ނަން ބަދަލުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

އަންގާރަ ދުވަހު ބާޒާރަށް ނެރޭ އައިފޯން 8 އަށް ކިޔަން މިހާރު ހަމަޖެހިިފައިވަނީ "އައިފޯން އެކްސް" ކަމަށް އެޕަލްގެ ޑިވެލޮޕަރަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އޭނާ ބުނީ އައިއޯއެސް 11ގެ ސޮފްޓްވެއާ ތެރެއިން "އައިފޯން އެކްސް" އެއް ފެނިއްޖެ ކަމަށެވެ. ފަހަރުގައި މި ފޯނު އައިފޯން 8 އަށް ނުވެ "އައިފޯން އެކްސް" އަށް ވެގެން ހިނގައިދާނެއެވެ.

އެފަލްގެ އާ ވާޝަން އެއް ނެރޭ އެ ދުވަހަކީ އައިފޯންގެ 10 ވަނަ އެނިވާސަރީކަން ވެސް ފާހަގަކޮށްލެވެއެވެ. ޔަގީނުންވެސް އެ ދުވަހަކީ މުޅި އެޕަލް ކުންފުންޏަށް ވެސް ވަރަށް ހާއްސަވެގެންދާނެ ދުވަހެކެވެ. މިއީ ވެސް ފޯނުގެ ނަން ބަދަލުވެދާނެ ސަބަބެކެވެ.

ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން އައިފޯން 8 ވާނީ އެންމެ އީޖާދީ ފީޗާތައް ހިމެނޭ ފޯނަކަށެވެ. އެންމެ އަގު ބޮޑު އައިފޯނަށްވެސްމެއެވެ.

ވިޔަފާރި އާއި ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ގެނެސްދޭ ފާސްޓް ކޮމްޕެނީ މެގަޒިންއިން އެޕަލްއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ބުނާ ގޮތުގައި އާ އައިފޯނުގެ އަގު 1000 ޑޮލަރަށް ވުރެ އިތުރުވުން ގާތެވެ.

comment ކޮމެންޓް