ފަތާފެންގަނޑުގައި އާދަޔާ ހިލާފަށް ކަކުނި ގިނަވެ، ދައްޗާ ކުރިމަތިވެއްޖެ

ޓެރެކް ސަރަހައްދުން ފެންނަ ކަކުނި މީހަކު ދައްކާލަނީ: ފެނުން މައްޗަށް އަރައި، ދެފެން ދޭތެރޭގައި ގިނަ އަދަދަކަށް އެ ކަކުނިތައް އުޅޭ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރުމަށާއި މާލޭގައި ދިރިއުޅޭ އާންމުން ބޭނުންކުރާ މާލޭ ދެކުނުފަރާތު ޓެކް ސަރަހައްދުގެ ފަތާފެންގަނޑުގައި އާދަޔާ ހިލާފަށް ކަކުނި ގިނަވެ، އެތަން ބޭނުންކުރާ މީހުންނަށް ދައްޗާ ކުރިމަތިވެއްޖެ އެވެ.

ސުވިމިން އެސޯސިއޭޝަންގެ ޖެނަރަލް ސެކަރެޓަރީ ޝާރިފް މުހައްމަދު "ސަން"އަށް ވިދާޅުވީ ވަކި މޫސުމެއްގައި ފަތާފެންގަނޑުގައި ކަކުނި ގިނަވާ ކަމަށާއި ނަމަވެސް މިއަހަރު އާދަޔާ ހިލާފަށް ފަތާފެންގަނޑުގައި ކަކުނި އުޅޭ ކަމަށެވެ.

މި ދުވަސްވަރާ ދިމާކޮށް، އެ ސަރަހައްދުގައި އާދަޔާ ހިލާފަށް ކަކުނި އުޅޭތީ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭ ދެކުނު ފަރާތު ޓެރެކް ސަރަހައްދު ފަތާފެންގަނޑުގައި ކަކުނި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގާ ތަކުގައި އުޅޭ ކަކުންޏާ ހިލާފަށް، ޓްރެކް ސަރަހައްދުން މިދުވަސްކޮޅު ގިނައަދަދަކަށް އުޅޭ ކަކުނި އުޅެނީ މީހުން ފަތަން ބޭނުން ކުރާ ޕްލެޓްފޯމުތައް އަޅާފައިވާ ސަރަހައްދުގެ ފެންގަނޑުގެ ތެރޭގަ އެވެ. ފެނުން މައްޗަށް އަރައި، ދެފެންދޭތެރޭގައި ގިނަ އަދަދަކަށް އެ ކަކުނިތައް އުޅެ އެވެ.

"މީހުން ފަތާއިރު ވެސް އެ ކަކުނިތައް އެތަނުން ދުރަކަށް ނުދޭ. ފެންގަނޑުގެ ތެރޭގައި ދުވެލަދުވެލާ ތިބެނީ. ފަތާއިރު ގައިގައި ދަތް ވެސް އަޅާ. ވަރަށް އުނދަގޫ މިހާރު މިތަނުގައި ފަތަން،" ފަތާފެންގަނޑު ބޭނުންކުރާ ޒުވާނަކު ބުންޏެވެ.

"ފަތާލާއިރަށް ކަކުނިތައް ހަމަ ގަޔާ ދިމާއަށް އަންނަނީ. އަތް ނަގާއިރު އިރު ވެސް ކަކުނިތަކުގައި އަތް ޖެހެނީ."

މާލޭ ދެކުނު ފަރާތު ޓެރެކް ސަރަހައްދު ފަތާފެންގަނޑުގައި ކަކުނި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެތަން ބޭނުންކުރާ ބައެއް މީހުން ބުނާ ގޮތުން ފަތާފެންގަނޑުން ކަކުނި އެންމެ ގިނައިން ފެންނަނީ ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. މޫދަށް އަލިކޮށްފައި ހުންނަ ލައިޓުތަކުގެ އަލީގައި އެއެއްޗެހި ފެނުތެރޭގައި ދުވެ އުޅޭ ކަމަށް ވެސް އެތަން ބޭނުންކުރާ މީހުން ބުންޏެވެ.

ތަފާފެންގަނޑުގައި ކަކުނި: އާންމުންކޮށް ފެންނަ ކަކުނިތަކާ ހިލާފަށް، މި ކަކުނިތައް އުޅެނީ ފެންގަނޑުގެ ތެރޭގައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފަތާފެންގަނޑުގައި ކުނި ގިނަވުމާއި ތެލުގެ އަސަރު ކުރާތީ ދޭތެރެ ދޭތެރެއިން އާންމުންގެ ޝަކުވާ ދަނީ ބޮޑުވަމުންނެވެ.

comment ކޮމެންޓް