ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ އަދަދު ދަށްވެއްޖެ

އެމްއެމްއޭ އިމާރާތް

ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ދޫކޮށްފައިވާ ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ތިން ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން ފާއިތުވި ޖުލައި މަހުގެ ނިޔަލަށް ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު 22.3 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.

މި އަދަދަކީ މަހުން މަހަށް ބަލާއިރު ތިން ޕަސެންޓް (601.4 މިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މީގެ އިތުރުރުން ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ވެސް ވަނީ އެއް ޕަސެންޓް (61.9 މިލިއަން ރުފިޔާ) ދަށް ވެފައި ކަމަށް އިގްތިސާދީ ރިވިއުއިން ދައްކައެވެ.

އެމްއެމްއޭގެ އިގްތިސާދީ ރިވިއު ހާމަކުރާ ގޮތުގައި މި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކްތަކުން ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމެވެ.

އިގްތިސާދީ ރިވިއު އިން ދައްކާގޮތުގައި ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު 19 ޕަސެންޓް (5.1 ބިލިއަން ރުފިޔާ) މައްޗަށް ދިއުމާއި ގުޅިގެން އަހަރު ދުވަހަށް ބަލާއިރު ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އައުޓްސްޓޭންޑިންގެ އަދަދު ޖޫން މަހު ވަނީ ފަސް ޕަސެންޓް ( 1.1 ބިލިއަން ރުފިޔާ) އިތުރުވެފަ އެވެ.

ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްތަކުން ބައެއް ޓީ-ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްގެ އައުޓްސްޓޭންޑިން އަދަދު ވަނީ ތިން ޕަސެންޓް (8.409 މިލިއަން ރުފިޔާ) ވަނީ ދަށްވެފަ އެވެ. ސަބަބަކީ ބޭންކުނޫން މާލީ އިދާރާތަކުންނާއި ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންރަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

comment ކޮމެންޓް