ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން!

ދީޕިކާ ޕަދުކޯން

ބޮލީވުޑްގެ މިހާރުގެ އެންމެ އަގުބޮޑު ބަތަލާ އަކީ ދީޕިކާ ޕަދުކޯން ކަމާ މެދު ޝައްކެތް ނެތެވެ.

ބޮލީވުޑުގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން އަކީ ޓުވިޓާގައި އެންމެ ގިނަމީހުން ފޮލޯކުރާ، އޭޝިޔާއަށް ނިސްބަތްވާ އަންހެން ފަންނާނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ އޭޝިޔާގައި އެންމެ ފޮލޯވަރުންގެ އަދަދު ގިނަ އަންހެން ފަންނާށެވެ.

އޭނާގެ ޓްވިޓާ އެކައުންޓްގައި ވެސް 20 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ. ދީޕިކާ އަކީ ކުޅަދާނަ އެކްޓަރެކެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ބަތަލާ ވެސް މެއެވެ. އޭނާ ވަނީ މިދިޔަ އަހަރު އެކަނި ވެސް 11 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ.

ދީޕިކާގެ އާމްދަނީ އަކީ މިހާރު ބޮލީވުޑްގެ ބަތަލުންގެ އާމްދަނީއަށް ވުރެވެސް އެތައް ގުނަ މަތި އަދަދެކެވެ.

'ދީޕިކާ އަކީ އެންމެ ކުޅަދާނަ ބަތަލާ. ފިލުމު ކުޅުމުގެ ހުނަރު އޭނާ ގައިގައި އެބަހުރި. ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ބަތަލާ އޭނާ އެއީ،" ފިލްމީ ބަތަލާ އެއް ބުންޏެވެ.

ދީޕިކާ އަކީ ފިލްމީ ދާއިރާއަށް ނުކުތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަންނާނެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ކާމިޔާބު އަދި ބެލުންތެރިންގެ ވެސް މަގުބޫލުކަމާ ލޯބި ހޯދައިފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ.

އެންމެ މޮޅު ބަތަލާގެ މަގާމު ވެސް އެތައް ފަހަރެއްގެ މަތިން ދީޕިކާ ވަނީ ހޯދާފައެވެ.

comment ކޮމެންޓް