ސާރާ އަލީ ހާން ކުޅޭ ފުރަތަމަ ފިލުމުގެ ޕޯސްޓަރު ދައްކާލައިފި

"ކެދާނަތް' ފިލުމުގެ ޕޯސްޓަރު

"ކެދާނަތް" ފިލުމުގެ ޝޫޓިންގް މިހާރު ފަށާފައިވާ އިރު އެ ފިލުމުގެ ޕޯސްޓަރު އާންމުކޮށްފި އެވެ.

މަޝްހޫރު ފިލްމީ ބަތަލު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި ޝުޝާންތް ހަރަކާތްތެރިވާ އިރު މިފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މިއީ ސާރާގެ އެންމެ ފުރަތަމަ ފިލުމުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މި ފިލްމަކީ ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އަންނަ އަހަރުގެ ޖޫން މަހުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލުމަކީ 'އިމޯޝަނަލް' ފިލުމެއް ކަމަށް ވެސް އެ ޓީމުން ބުންޏެވެ. 'ކެދާނަތް' ފިލުމަކީ އިންޑިއާގެ ދީނި އަގީދާ ފެނިގެންދާ ރީތި ލޯބީގެ ފިލުމެކެވެ.

ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރުރޭ ކޮށްފައިވާ ޓުވީޓެއްގައި ފިލުމުގެ ޕޯސްޓަރު ވަނީ ދައްކާލާފަ އެވެ.

comment ކޮމެންޓް