ކައިވެނި ބޭރުން ގުޅުމެއް ހިންގި ކަމަށް ސައުތު އެފްރިކާގެ ނައިބް ރައީސް އެއްބަސްވެވަޑައިގެންފި

ސައުތު އެފްރިކާގެ ނައިބް ރައީސް ސީރިލް ރަމަފޯސާ ---

ކައިިވެނީގެ ބޭރުން ގުޅުމެއް ހިންގި ކަމަށް ސައުތު އެފްރިކާގެ ނައިބް ރައީސް ސީރިލް ރަމަފޯސާ އެއްބަސްވެވަޑައިގެންފި އެވެ. ނަމަވެސް އޭނާ ވަނީ ގިނަ ގުޅުންތަކެއް ހިންގިކަން ދޮގު ކުރައްވާފައެވެ.

ކައިވެނީގެ ގުޅުމުގެ ބޭރުން ރަމަފޯސާ ގުޅުމެއް ހިންގިކަން އެގައުމުގެ މީޑިއާތަކުން ތުހުމަތު ކޮށްފައިވަނީ، އޭނާގެ އަމިއްލަ އީމެއިލް ތަކެއް ހެކްކުރުމަށްފަހު ލިބުނު މައުލޫމާތުތަކާ ގުޅިގެންނެވެ. އީމެއިލް ތަކުން އެނގުނު ގޮތުގައި އޭނާ ގުޅުމެއް ހިންގާފައިވަނީ މެޑިކަލް ޑޮކްޓަރަކާއެކު އެވެ.

އަދި ޒުވާން އަންހެނުންތަކަކާއެކު އެކު ވެސް ތަފާތު އެތައް ފަހަރެއްގެ މަތީން ގުޅުން ހިންގާފައިވާ ކަމަށް އީމެއިލް ތަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓްކުރި އެވެ. އެ ހަބަރުތައް މީޑިއާތަކުގައި ރިޕޯޓް ކުރުން ހުއްޓުވުމަށް ރަމަފޯސާ ވަނީ ކޯޓަށް ވެސް ގޮސްފައެވެ.

އެ ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ރަމަފޯސާ ވަނީ، އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން މީޑިއާތަކުން ދައްކާ ވާހަކަތަކަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން އޭނާ ފުރޭމް ކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ރަމަފޯސާ ވިދާޅުވީ، އަށް އަހަރު ކުރިން ޑޮކްޓަރަކާއެކު އޭނާ ގުޅުމެއް ހިންގި ކަމަށާއި ނަމަވެސް އޭނާ ގުޅުން ހިންގި ކަމަށް ބުނާ އަންހެން ޒުވާނުންނަކީ މަތީ ތައުލީމަށް ކިޔެވުމަށް އޭނާ އާއި އޭނާގެ އަންހެނުން ހިތްވަރު ދެމުންދިޔަ ދަރިވަރުންތަކެއް ކަމަށެވެ.

"އެންމެ އަންހެނާއެކީގައި އަހަރެން ގުޅުމެއް ބޭއްވިން. އަދި އެކަން ނިމިއްޖެ. އެ މައްސަލަ އަހަރެންގެ އަންހެނުންނާއެކު ވެސް ވަނީ ދައްކާފައި،" ސައުތު އެފްރިކާގެ ސަންޑޭ ޓައިމްސް އަށް ރަމަފޯސާ ވިދާޅުވިއެވެ.

"އަހަރެން އެއްވެސް ކުށަކަށް އަރައެއް ނުގަންނަން. އަހަރެން އެއްވެސް ފައިސާއަކަށް ހިޔާނާތެއް ނުވަން. ދައުލަތުގެ އެއްވެސް އެއްޗެއް ލޫޓުވާފައެއް ނުވާނެ. އެކަމަކު އަހަރެންނަށް އަމާޒުކޮށް ދަނީ ފްރޭމް ކުރަން މަސައްކަތްކުރަމުން،"

ސައުތު އެފްރިކާގެ ވެރިކަން ހިންގާ އެފްރިކަން ނޭޝަނަލް ކޮންގުރެސްގެ ރައީސް ކަމަށް ވާދަކުރައްވަން ވިސްނުންފުޅު ގެންގުޅުއްވާ ރަމަފޯސާ ވިދާޅުވީ، އޭނާގެ އަމިއްލަ އީމެއިލްތައް ހެކްކުރި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެގައުމުގެ އިންސްޕެކްޓަރު ޖެނެރަލް އޮފް އިންޓެލިޖެންސްގެ އަރިހުން އެދޭނެ ކަމަށެވެ.

އެފްރިކަން ނޭޝަނަލް ކޮންގުރެސްގެ ރައީސް ކަމުން ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒުމާ މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވާދަކުރަނީ ރަމަފޯސާގެ އިތުރުން ޒުމާގެ އަންހެނުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް