ޑެވޮންޑޭލް ހޯލްސޭލްކޮށް ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

މިއަދުން ފެށިގެން 25 ރުފިޔާއަށް ޑެވޮންޑޭލް ލިބިގެންދާނެ--

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ އޮސްޓްރޭލިޔާގެ އެއް ނަމްބަރު މިލްކް ބްރޭންޑް، ޑެވޮންޑޭލް ހޯލްސޭލްކޮށް ވިއްކަމުންދިޔަ އަގު މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެއަގަށް ގެނައި ބަދަލާ އެކު ހޯލްސޭލްކޮށް އަދި ރީޓޭލް ކުރައްވާ ފަރާތްތަކަށް ވެސް 25 ރުފިޔާއަށް ޑެވޮންޑޭލް ލިބިގެންދާނެ ކަމަށެވެ. ޑެވޮންޑޭލް ހޯލްސޭލް އަގުގައި އެސްޓީއޯ ސްޕަމާޓް، ހޯލްސޭލް ސެންޓާ އަދި ރީޖަނަލް ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ޑެވޮންޑޭލްގެ ހިކި ކިރު އަދި ދިޔާކިރު (ޔޫއެޗްޓީ މިލްކް) ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ޑެވޮންޑޭލްގެ ހިކިކިރުގެ ދެބާވަތަކީ ސްކިމް މިލްކާއި ފުލްކުރީމެވެ.

އެސްޓީއޯއަކީ ވޭތިވެދިޔަ 20 އަހަރު ޑެވޮންޑޭލްގެ އޮތޮރައިޒްޑް ޑިސްޓުރިބިއުޓާގެ ގޮތުގައި ޑެވޮންޑޭލް ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ފަރާތެވެ. އަދި ޑެވޮންޑޭލް އެސްޓީއޯގައި ސްޓޯ ކުރެވިފައި ވާނީ އުފުލައި ގެންގުޅުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައި ސްޓޯ ކުރުމަށް ކަޑައެޅިފައިވާ މިންގަޑާއި އެއްގޮތަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ބާޒާރުގައި އަމިއްލަ ބައެއް ފަރާތްތަކުން ޑެވޮންޑޭލް އެތެރެކޮށް ބަލަން ޖެހޭ މިންގަނޑުތަކާ ހިލާފަށް ސްޓޯކުރެވި ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކަމަށެވެ. އެހެންކަމުން ޑެވޮންޑޭލް ބައްލަވައިގަންނަވާ ފަރާތްތަށް އެކަމަށް ސަމާލުކަން ދެއްވުމަށާއި ހޯލްސޭލްކޮށް ޑެވޮންޑޭލްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، އެސްޓީއޯ ސުޕަމާޓް އިންބައްލަވައި ގަތުމަށް އެސްޓީއޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެވޮންޑޭލް އަކީ އޮސްޓުރޭލިޔާގެ ނަމްބަރު ވަން ޔޫއެޗްޓީ މިލްކްގެ އިތުރުން ރާއްޖޭގައި ވެސް އެންމެ އިތުބާރު ލިބިފައިވާ އަދި ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ މިލްކް ބްރޭންޑެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް