"އޮކްޓޯބަރު"ގެ ބަޠަލާގެ ރޯލަށް ބެނީތާ ސަންދޫ

ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމް "އޮކްޓޯބަރ" އިން ބޮލީވުޑަށް ތައާރަފްވާ އާ ބަތަލާގެ މައުލޫމާތު ސޯޝަލް މީޑިޔާގައި ހާމަކޮށްފިއެވެ.

ފިލުމުގެ ބަތަލާއަކީ ޕަންޖާބުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފިލުމުގެ ބަތަލާ ބެނީތާ ސަންދޫ އަކީ އުމުރުން 11 އަހަރުން ފެށިގެން އެކްޓްކުރާ ކުއްޖެކެވެ. ނަމަވެސް ބެނީތާ އާންމުންނަށް އެނގެން ފެށީ އޭނާ ކުޅުނު "އޭކް އަޖްނަބީ ހަސީނާސޭ" ކިޔާ ވީޑިއޯ ލަވައިންނެވެ.

ބެނީތާ އަކީ އިންޑިޔާގެ އާއިލާއެއްގެ ކުއްޖެއް ނަމަވެސް އޭނާ އުފަންވީ އަދި ދިރިއުޅެނީވެސް ލަންޑަންގައި ކަމަށް ހަބަރުތައް ބުނެއެވެ.

"އޮކްޓޯބަރ" ފިލުމުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ.

comment ކޮމެންޓް