އަލީ ފަޒަލް އާއި ރިޗާގެ އެކުވެރިކަން ލޯތްބަށް؟

ބޮލީވުޑް އެކްޓަރުން ކަމުގައި އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ފަޒަލް އާއި ރިޗާ ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ފުކްރޭ' ގައި އެކުގައި މަސައްކަތް ވެސް ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

'ފުކްރޭ' އަށް ފަހު ދެމީހުން ވެސް ތިބީ ގާތް އެކުވެރިންގެ ގޮތުގައެވެ. އަދި ލޯބީގެ ގުޅުމުގެ ވާހަކަ ސިއްރުކޮށްފައި ވަނީ މަސައްކަތަށް އިސްކަން ދިނުމަށް ދެމީހުން ވެސް ބޭނުން ވުމުން ކަމަށްވެ އެވެ.

ފަޒަލްގެ ކުރިއަށް އޮތް ބްރިޓިޝް-އެމެރިކަން ފިލްމުގެ ޕްރިމިއާ އަށް ރިޗާ ވަނީ ވަރަށް ފަހުން ވެނިސް އަށް ވެސް ގޮސްފައެވެ. ނަމަވެސް ދެމީހުންގެ ސިއްރު ގުޅުމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ރިޗާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފްރާންސްގެ އެކްޓަރު އަދި ޑައިރެކްޓަރު ފްރޭންކް އާއެވެ. ނަމަވެސް އެއް އަހަރު ފަހުން ދެމީހުން ވަނީ ވަކިވެފައެވެ.

comment ކޮމެންޓް