އާފްތާބް އާއި ނިންގެ ކައިވެނި ހަފްލާ ލަންކާގައި ބާއްވައިފި

ބޮލީވުޑް އެކްޓަރު އާފްތާބް ޝިވްދަސާނީ އާއި އޭނާގެ އަންހެނުން ނިން ދުންސަންޖްގެ ކައިވެނި ހަފްލާ އަވަށްޓެރި ސްރީލަންކާގައި ބާއްވައިފި އެވެ.

އާފްތާބް އާއި ނިންގެ ކައިވެނި ރަޖިސްޓްރީ ކުރީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. ކައިވެނި ރަޖިސްޓްރީ ކުރި ނަމަވެސް ދެމީހުންގެ ކައިވެނި ހަފްލާ ބާއްވައިފައެއް ނުވެ އެވެ.

އެހެންކަމުން ޗުއްޓީ ހޭދަކޮށްލުމަށް ލަންކާއަށް ދިއުމަށް ފަހު ދެމީހުން ނިންމީ ޑެސްޓިނޭޝަން ވެޑިން އެއް ބާއްވާށެވެ. ދެމީހުން އަލުން ކައިވެނި ކޮށްފައި ވަނީ ރިޒޯޓެއްގައި ހަމައެކަނި އާއިލާ އާއި ގާތް އެކުވެރިންގެ ހާޒިރުގަ އެވެ.

ކައިވެނި ހަފްލާގެ ފޮޓޯތައް މިހާރު އާންމު ކޮށްފައިވާ އިރު، ހަފްލާ ވަރަށް ފުރިހަމަ އެވެ. އާފްތާބް ވަނީ އޭނާގެ އަންހެނުންނާ އެކު ކައިވެނި ހަފްލާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް، ނިން ހަޔާތަށް އައުމަކީ އޭނާ ކޮންމެ ދުވަހަކު ވެސް ޝުކުރުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން އަންނަނީ އާފްތާބް އާއި ނިން އަށް މަރުހަބާ ކިޔަމުންނެވެ.

comment ކޮމެންޓް