އީދުން ހިތްހެޔޮކުރުމާއި އޯގާތެރިވުމުގެ ފިލާވަޅު ލިބިގަތުމަށް މަސީހް އިލްތިމާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަޟްހާ އީދަކީ މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތަކާއި ހިތްހެޔޮ ކުރުމާއި އޯގާތެރިވުމުގެ ފިލާވަޅު ދަސްކޮށްދޭ މުނަސަބަތެއް ކަމަށާއި އެ ކަމުން ފިލާވަޅު ލިބިގަތުމަށް ދިވެހި މުޖްތަމައު އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާ މަސެޖުގައި މަސީހް ވިދާޅުވީ އީދަކީ ހައްޖުގެ މާތް އަޅުކަމާއި ގުޅުވައިގެން އަންނަ އަގުރި ދަރުސްތަކެއް ދަސްކޮށްދޭ މުނާސަބަތެއްކަމަށެވެ.

މަސީހް ވިދާޅުވީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އީދު ދަވަހުން ދަސްކޮށްދޭ ކަމަށާއި އެހެންކަމުން، މި އީދަކީ ދިވެހި މުޖުތަމައުގެ މެދުގައި އިސްލާމީ އުޚުއްވަތްތެރި ކަމުގެ ގުޅުން އާކޮށް އާލާކުރުމުގެ އިތުރު ރޫހާއި ޝުއޫރު އުފެދި، އުފާވެރިކަމާއި ހިނިތުންވުން ގާއިމުކުރުމަށް ލިބޭ ހުޅުވިފައިވާ އިޖްތިމާޢީ ފުރުސަތެއް ކަމަށެވެ.

ދިވެހި މުޖުތަމައަށާއި މުޅި އިސްލާމީ އުއްމަތަށް އުފާފާގަތިކަމާއި ތަނަވަސްކަމާއި ހެޔޮރަހްމަތް ލެއްވުމަށް އެދި ދުއާ ކުރަމެވެ. އަދި އީދުގެ ތަހުނިޔާ މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މާތްވެގެންވާ މައްކާއަށް ވަޑައިގެން ތިއްބެވި އެންމެހައި އުޚުތުންނާއި އަޚުން ޝާމިލު ކުރަން،"

comment ކޮމެންޓް