ސާޓާގެ އޮންލައިން ޓްރެވަލް ޕާޓްނަރަކަށް މަޝްހޫރު ޓްރެވަލް ވޯލްޑް އޮންލައިން

ހައިރައިޒްގެ ފައުންޑަރ، އިސްމާއިލް ހަމީދާއި، ޓްރެވަލް ވޯލްޑް އޮންލައިންގެ ގްރޫޕް އެޑިޓަރު، އަނިލް ޝަރްމާ -- ފޮޓޯ ހައިރައިޒް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ އޮންލައިން ޓްރެވަލް މީޑިއައަކަށް މަޝްހޫރު ޓްރެވަލް ވޯލްޑް އޮންލައިން ހަމަޖައްސައިފިއެވެ.

ޓްރެވަލް ވޯލްޑް އޮންލައިނަކީ ޓްރެވަލް މީޑިއާގެ ދާއިރާގައި ވަރަށް ފުޅާކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން އަމިއްލަ ރޭޑިއޯ ސްޓޭޝަނަކާއި ޓީވީ ޗެނަލެއްގެ އިތުރުން މެގަޒިނެއް ވެސް ނެރެއެވެ.

"މިއީ ވަރަށް އަގުހުރި ކޮލާބޮރޭޝަނެއް. އަޅުގަނޑުމެންގެ ހުރިހާ މީޑިއަމެއް މެދުވެރިކޮށް ސާޓާ މިއަހަރު ޕްރޮމޯޓުކުރާނަން،" ޓްރެވަލް ވޯލްޑް މީޑިއާގެ ގްރޫޕް އެޑިޓަރު އަނިލް ޝަރްމާ ވިދާޅުވިއެވެ.

ސާޓާގެ ކޮންސެޕްޓު ހަދައި، އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު "ސަން"އަށް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަށާ ސާޓާގެ އިވެންޓުތައް ކުރިއަށްދާނީ ފެސްޓިވަލެއް ގޮތަށެވެ. އެގޮތުން 27 ވަނަ ދުވަހު އޮންނާނީ "ސާޓާ އޮޕޮޗިއުނިޓީ" ކަމަށާއި އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުން ކަމަށެވެ.

ސާޓާގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިން އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.

ސާޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް