ފާރެއް ވެއްޓި ޓެކްސީއަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި 481،000 ރުފިޔާ ނަގައިދޭން ހުކުމްކޮށްފި

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މާލޭގެ އެއް ނަންބަރު ކުނިކޮށީގެ ފާރު ވެއްޓި ޓެކްސީއަކަށް ގެއްލުވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 481،600 ރުފިޔާ އޭގެވެރި ފަރާތަށް ދިނުމަށް ޗައިނާގެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޒޮންގްޓިއަން ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްގެ މައްޗަށް އެ ހުކުމް ކުރީ އެކްސްކަވޭޓަރާއި ޑަންޕިން ލޮރީ ބޭނުންކޮށްގެން މަސައްކަތް ކުރަނިކޮށް ކުނިކޮށީގެ ދެކުނު ފަރާތުގެ ފާރު ވެއްޓި ޓެކްސީ ކާރަށް ގެއްލުންވެފައިވާތީ އެވެ.

އޭގެ ވެރިފަރާތުން ޓެކްސީކޮށްގެން ލިބެމުން ދިޔަ އާމްދަނީ ހުއްޓިފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑިސެމްބަރު 15، 2016 އިން ފެށިގެން އިއްޔެއާ ހަމައަށް ހިނގާފައިވާ 256 ދުވަހަށް ދުވާލަކަށް 1،100 ރުފިޔާގެ ރޭޓުން ޖުމްލަ 281،600 ރުފިޔާ އާއި ޓެކްސީގެ މަރާމާތަށް ހިނާގެ ޚަރަދުގެ ގޮތުގައި 200،00 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާ ޓެކްސީގެ ވެރިފަރާތަށް ލިބިދިނުމުގެ ގޮތުން 15 ދުވަހުގެ ތެރޭގައި އެ ދަރަނި އެ ކޯޓަށް ދައްކައި ޚަލާސްކުރުމަށެވެ.

comment ކޮމެންޓް