މިސްރުގެ ރޭލްތައް ޕްރައިވެޓައިޒް ކުރުމަށް ކެބިނެޓުން ތައްޔާރުވަނީ

މިސްރުގެ ދެ ރެއިލް އެކްސިޑެންޓުވެފައި..

މިސްރުގެ ރޭލްތައް ޕްރިއިވެޓައިޒް ކުރުމަށް އެގައުމުގެ ކެބިނެޓުން ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ތުރުކީގެ އަނަދޮލޫ އޭޖެންސީން ބުނެފި އެވެ.

އަނަދޮލޫ އޭޖެންސީން ބުނި ގޮތުގައި މިސްރުގެ ޓްރާންސްޕޯޓުން މިހާރު ވަނީ އެ ބިލު ތައްޔާރުކޮށް ނިންމާފައި ކަމަށާއި އަދި އެ ބިލް ވަރަށް އަވަހަށް ކެބިނަޓަށް ހުށައާޅާނެ ކަަމަށެވެ. ބިލް ފާސްކުރުމަށް އެއައަށްފަހު ދާނީ ޕާލަމަންޓަށެވެ.

މިސްރުގެ ކެބިނެޓްގައި ހިމެނޭ ބޭފުޅަކު އަނަދޮލޫ އޭޖެންސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މިސްރުން ރޭލްގެ ހިދުމަތް ޕްރައިވެޓް ކުރަނީ ސަރުކާރުން އެކަނި ރޭލްގެ ހިދުމަތް ދިނުން ނިމުމަކަށް ގެނެސް ރޭލްތައް ރަނގަޅަށް މެއިންޓެނެންސް ކުރުމަށެވެ.

މިސްރުގެ ރޭލްތައް ދޭތެރެ ދޭތެރެއިން އެކްސިޑެންޓްވާއިރު އޭގެ ތެރޭގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ވެސް ހިމެނެ އެވެ. މިސްރުގައި މިހާރު ބޭނުންކުރާ ރޭލުތައް ބާވެފައިވާއިރު އިލެކްޓްރޯނިކް ސިގްނަލް ސިސްޓަމްތަކެއް ބޭނުމެއް ވެސް ނުކުރެއެވެ.

މި މަހުގެ އޯގަސްޓް 11 ވަނަ ދުވަހު ވަނީ ދެ ރޭލްޖެހި އޭގެން ދަތުރު ކުރި 40 މީހުން މަރުވެ އަދި ވަރަށް ގިނަބަޔަކު ވަނީ ޒަހަމްވެފައެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓި އަދި މުރްސީގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް އައުމަށްފަހު މިސްރުގެ އިގްތިސާދު ވަނީ ދުވަހަކުވެސް ނުދާމިންވަރަކަށް ވެއްޓިފައެވެ.

އޭގެ ފަހުން މިސްރުގެ ވެރިކަމަށް އައި އަބްދުލްފައްތާހު ސީސީ ގެންދަވަނީ މިއިން ޒަމާނަކުވެސް ނުދެކޭވަރުގެ ހުދުމުހުތާރު ވެރިކަމެއް މިސްރުގައި ކުރަމުންނެވެ. އަދި ތަފާތު ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ނަމުގައި ސީސީ، އެ ގައުމުގެ ފައިސާ ބޭކާރު އަދި ނަހަމަގޮތުގައި ހޭދަކުރާކަމަށް ވަރަށް ގިނަބަޔަކު ތުހުމަތުކުރެއެވެ.

މިދިޔަ ނޮވެމްބަރު މަހުއްސުރެ މިސްރުން ވަނީ އެގައުމުގައި ބޭރުފައިސާ މާރުކުރާ އަގު އެއްވަރެއްގައި ހިފަހައްޓައިފައި އޮތްއޮތުން ނިމުމަކަށް ގެނެސް "ފްލޯޓް" ކުރަން ވަނީ ފަށާފައެވެ.

ޢޭގެ އިތުރުން މިސްރުގެ ކަރަންޓްގެ އަގު ވެސް ވަނީ 40 ޕަސެންޓް ވަނީ ދާދި ފަހުުން ބޮޑުކޮށްފައެވެ.

ތެލުގެ ސަބްސިޑީތައް ދަށްކޮށް އަދި އިތުރު ޓެކްސްތައް ނަގަން ފެށުމުން މިސްރުގައި އެއްޗެހީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

ކުރިން ޑޮލަރުގެ އަގު 8.8 އިޖިޕްޓިއަން ޕައުންޑުގައި ހުރި ނަމަވެސް މިހާރު ޑޮލަރަކަށް ޖެހެނީ 17 ޕައުންޑެވެ.

comment ކޮމެންޓް