ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވި ހައްޖުގެ ދެ ފޮޓޯ

ސައުދީ ސެކިޔުރިޓީގާޑަކު ތުއްތު ކުއްޖަކު ގެފުޅުގައި ބޮސްދިނުމަށްޓަކައި މައްޗަށް ނަގައިގެން. އެ ފޮޓޯ ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވައިރަލްވެފައި--

ހައްޖުގެ މަތިވެރި އަޅުކަމުގެ މޫސުން މިވަނީ ފެށިފައެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން މައްކާއަށް ދެއެވެ.

ޒަމާނަށް އައި ބަދަލާއެކު ހައްޖުގެ އަޅުކަން މިހާރު މި ވަނީ ޓެކްނޮލޮޖީގެ ޒަރީއާއިން ގިނަބަޔަކަށް ފެންނާނެ ގޮތް ވެސް ވެފައެވެ. ސްނެޕް ޗެޓާއި، ފޭސްބުކާއި އަދި އެހެނިހެން ސޯޝަލް ނެޓްވާކުގައި ހައްޖުގެ މަތިވެރި އަޅުކަމުގެ ފޮޓޯތައް ވަރަށް ގިނަ އަދަދަކަށް ލައިފައި ހުރެއެވެ.

ސައުދީ އަރަބިއްޔާގެ ސްކައުޓު ކުއްޖަކު ފުރޮޅުލީ ގޮްނޑިއެއްގައި އިން މުސްކުޅިއަކަށް އެހި ވަނީ--

މިއަހަރުގެ ހައްޖު މޫސުމުގައި ވެސް ވަރަށް ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މި ފަހަރު ވައިރަލްވެގެން އުޅޭ ދެ ފޮޓޯ އަކީ ގިނަބައެއްގެ ޖަޒުބާތާ ކުޅެލި ދެ ފޮޓޯއެވެ.

އެގޮތުން ވައިރަލް ވެގެން އުޅޭ ފުރަތަމަ ފޮޓޯގައި ފެންނަނީ ސައުދީ އަރަބިއްޔާގެ ސެކިޔުރިޓީ އޮފިޝަލަކު ތުއްތު ތުއްތު ކުއްޖަކު ގެފުޅުގައި ބޮސްދިނުމަށްޓަކައި އުފުލައިގެން ހުންނަ މަންޒަރެވެ.

ދެވަނަ ފޮޓޯގައި ފެންނަނީ ފިރިހެން ސްކައުޓަކު ފުރޮޅުލީ ގޮޑީގައި އިންނަ އަންހެނަކަށް އެހީވާ މަންޒަރެވެ.

ހައްޖުގެ ކަންތައް ވީހާވެސް އޮމާން ކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ސައުދީ އަރަބިއްޔާއިން ވަނީ 17000 ސެކިޔުރިޓީ އޮފިޝަލުން މިއަހަރު ނެރެފައެވެ. އޭގެ އިތުރުން 29000 ސިއްހީ ހިދުމަތްދޭ ފާރާތްތައް ވެސް ވަނީ ހައްޖުވެރިންނަށް 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ނެރެފައެވެ.

comment ކޮމެންޓް