ގައުމު ބިނާކުރުމުގެ މަޝްރޫޢުތަކުގައި ސިފައިން ބައިވެރިވުމަކީ ފަހުރުވެރިވާ ކަމެއް :ރައީސް ޔާމީން

މިއަދު ހެނދުނު ރައިސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް

ގައުމު ބިނާކުރުމުގެ މަޝްރޫޢުތަކުގައި ސިފައިން ބައިވެރިވުމަކީ ހުރިހާ ދިވެހިން ވެސް އެކަމަކާމެދު ފަހުރުވެރިވާ ކަމެއް ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިދިޔަ ހަފްތާ ތެރޭގައި މާލޭގައި ގުޅުވި "ރަސްރަނި ބަގީޗާ" ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ރައީސް އޮފީހުގައި ރައީސް ޔާމީން "ރަސްރަނި ބަގީޗާ" ހެދުމުގެ މަސައްކަތުގައި ބައިވެރިވި ސިފައިންނާ ބައްދަލު ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ އެ ފަދަ މަސައްކަތެއް ކުޑަ މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކޮށްދެއްވި ކަމަށް ޓަކައި ސިފައިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ޝިޔާމް އަދި އެކި ގިންތީގެ ސިފައިން ވަނީ ބައިވެރިވެވަޑައިގަންފަ އެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަނެފަ އެވެ.

މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްޤީކުރެވިފައިވާ ރަސްރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ.

އެ މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ ސިފައިންގެ ސިވެކް ކުންފުންޏެވެ.

comment ކޮމެންޓް