ކާމިޔާބު މަޔަކަށް ވުމަށް މިކަންތައްތައް ކޮށްލުން މުހިއްމު

މަންމަ އާއި ދަރިން

ކާމިޔާބު މަންމައަކަށް ވުމީ ކޮންމެ މަންމައަކުވެސް ބޭނުންވާނެ ކަމެކެވެ.

ހިތްހަމަނުޖެހޭ ކިތަންމެ ކަމެއް ދިމާވިނަމަވެސް ދަރީން ކުރިމަތީ އެކަމެއް ނުދައްކައި ވޭތޯ ކޮންމެ މަޔަކުވެސް މަސައްކަތްކުރާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކާމިޔާބު މަންމައަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ ދަރިންދެކެ ލޯބިވުމެވެ. ދަރީންނާ މެދު އެއްގޮތަކަށް ކަންތައްކުރާށެވެ. ތަފާތު ކުރުންތައް އެއްކޮށް ހުއްޓާލާށެވެ.

ދަރީންގެ ކުރިމަތީ މަންމަ ނަމޫނާ އަކަށް ވާންޖެހޭނެއެވެ. ހިތްވަރުދޭންޖެހޭނެއެވެ. ދަރީންނަށް ހިތްވަރުދީ ރިވެތި އަހްލާގް ދަސްކޮށްދޭން ޖެހެއެވެ. ވަގުތަށް ފަރުވާތެރިވުމާ އެކު ފަރުޟު ފަސް ނަމާދު ކުރުމަށް ބާރުއަޅަން ޖެހޭނެއެވެ.

ކުއްޖާ ކިޔެވުމުގެ މަރުހަލާ އަކީ އެންމެ މުހިއްމު އެއް މަރުހަލާއެވެ. ކުއްޖާ ކިޔަވަން އިންނައިރު ކައިރީގައި ތިބުމަކީ ކުއްޖާއަށް ލިބޭ އިތުރު ހިއްވަރެކެވެ. ގޯސްކޮށް ކަމެއް ކުރެވުނު ނަމަވެސް އަތްއިސްކުރުމުގެ ބަދަލުގައި ފުރަތަމަ ކުއްޖާއަށް ވިސްނައިދީ ނަސޭހަތްލައިދޭށެވެ.

ދަރިފުޅުގެ ކިތަންމެ ކުޑަ ޝަކުވާއެއް އޮތްކަމުގައިވިޔަސް އަޑުއަހަންވާނެއެވެ. އެ ޝަކުވާތަކަކީ ކޮބައިކަން ދެނެ ގަނެ ދަރިފުޅު ދެން ކަންތައް ކުރަންވީ ގޮތް ކިޔައިދޭންޖެހެއެވެ. ކުއްޖާ ގޯސް މަގަކުން ދިޔަ ނުދީ އިސްލާމްދީނުގެ ރިވެތި ސިފަތައް ކުއްޖާގެ ކިބައިގައި އަށަގަނުވަން ޖެހޭނެއެވެ.

ކުއްޖާގެ ކުރިމަގު ފަހިކޮށްދޭންވާނެއެވެ. ކިޔެވުމުގެ މަގު ތަނަވަސްކޮށްދޭންޖެހެއެވެ.

comment ކޮމެންޓް