ހޮޓް އައިސް ސްޕޯޓް ވަންޑޭ ކަޕްގެ ޗެމްޕިއަންކަން އެންވީކޭއަށް

ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ވަންޑޭ ފުޓްސަލް ކަޕްގެ ތެރޭން -- ފޮޓޯ: ޕޮއިސް

ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ވަންޑޭ ފުޓްސަލް ކަޕްގެ ފައިނަލްގައި 3-1 ލަނޑުން ކޮރަލް ޓީމް ބަލިކޮށް، އެންވީކޭ ޓީމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް، ޕޮއިޒްގެ ފަރާތުން އިންތިޒާމްކޮށްގެން، ހުކުރު ދުވަހު 2 ނަންބަރު ޓާފްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަ ޓީމު ބައިވެރިވެފައިވާއިރު މި މުބާރާތް ފަށާފައިވަނީ ދިވެހި މީޑިއާއިން އެކުލަވާލި ޓީމަކާއި ޕޮއިޒްގެ ޓީމަކާ ދެމެދު ކުޅެވުނު ފޯރިގަދަ ފުޓްބޯޅަ މެޗަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ކާމިޔާބުކުރީ ޕޮއިޒްގެ ޓީމެވެ.

ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ވަންޑޭ ފުޓްސަލް ކަޕްގެ ފެށުމުގެ ކުރީން މީޑިއާ ތަކާއެކު ކުޅުނު މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރީން -- ފޮޓޯ: ޕޮއިސް

ޖުމުލަ ހަ ޓީމު ވާދަކުރި ވަންޑޭ ކަޕްގެ ފައިނަލް މެޗް ހުކުރު ދުވަހުގެ ރޭ ކުޅެފައިވާއިރު އެ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު، މުބާރާތް ނިމުމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

މި މުބާރާތުގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮޓް އައިސް ސްޕޯޓްގެ ރަސްމީ އިސްތިހާރު ވަނީ ލޯންޗް ކުރެވިފައެވެ.

ހޮޓް އައިސް ސްޕޯޓް އަކީ ސެންޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ އައިއެފްއައިގެ އުފެއްދުމެކެވެ.

comment ކޮމެންޓް