ނަރްގިސް ބަނޑުބޮޑެއް ނޫން!

ބޮލީވުޑް ބަތަލާ ނަރްގިސް ފަޚްރީ ބަނޑުބޮޑު ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ނަރްގިސް ބަނޑުބޮޑު ކަމަށް ބުނެ ވާހަތައް ދެކެވެން ފެށީ މުމްބާއީ އެއާޕޯޓު ބޭރުން ޕަޕަރާޒީން ނެގި ފޮޓޯތަކެއްގައި އޭނާގެ ބަނޑު ވަރަށް ބޮޑުކޮށް ހުރުމުންނެވެ.

ކެމެރާތަކަށް މޫނު ނުދައްކަން ނަރްގިސް މަސައްކަތް ކުރި ނަމަވެސް އެއީ އޭނާ ކަން ވަނީ އެނގިފަ އެވެ.

އާންމުވެގެން ދިޔަ ފޮޓޯތައް ޓުވީޓުކޮށް ނަރުގިސް ވަނީ އޭނާ ބަނޑު ބޮޑު ނޫން ކަމަށް ބުނެފަ އެވެ. އަދި ބަނޑު ބޮޑުކަމަށް ފެންނަނީ މާ ގިނައިން ކެއުމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަރްގިސް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމަކުންނެވެ. އޭގެ ފަހުން އަދި އިތުރު ފިލްމެއްގެ މަސައްކަތް އޭނާ ފަށައިފައެއް ނުވެ އެވެ.

comment ކޮމެންޓް