ކުލީ ސިފައިންގެ އެހީތެރިކަމާއެކު ސަރުކާރު ވައްޓާލަން އުޅޭކަމަށް ޚަލީލް ތުހުމަތު ކޮށްފި

ކުލީ ސިފައިންގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތު ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޖެނެރަލް ސެކެޓަރީ ޑރ. އަބްދުﷲ ޚަލީލް ކުރައްވައިފިއެވެ.

ޚަލީލު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މެންބަރުންގެ ތާއީދު އިތުރުވަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޚަލީލު މިފަދަ ތުހުމަތެއް ކުރައްވާފާއިވާއިރު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހަތަރު މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އަވަހަށް އިއްވައިދިނުމަށް ބާރުއޅައޮދިނުމަށް ރައީސް ނަޝީދު ވަނީ މިއަދި ސިފައިންނަށް ގޮވާލައްވައިފައެވެ.

އެފަދަ ތުހުމަތެއް ޚަލީލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބާތިލްކޮށްލުމުން މަޖިލީސް ހަލަބޮލިވެ، މެމްބަރުންގެ މެދުގައި މަރާމާރީތައް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް