އިންސްޓަގްރާމް ޑައުން ވެއްޖެ

އިންސްޓަގްރާމް

ދުނިޔޭގެ ގިނަ ބައެއް ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމަށްވާ އިންސްޓާގްރާމް ޑައުން ވެއްޖެއެވެ.

މިއަދު މެންދުރުން ފެށިގެން އިންސްޓާގްރާމް ބޭނުންކުރާ ފަރާތްތަކަށް އެ އެޕްލިކޭޝަން ބޭނުމެއް ނުކުރެވެއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެތައްހާސް މީހުން އަންނަނީ އިންސްޓާގްރާމް ޑައުންވެފައިވާތީ ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި އެކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެތައްބަޔަކަށް ފޮޓޯ އަދި މެސެޖްތަތައް އިންސްޓަގްރާމް މެދުވެރިކޮށް ބަދަލުކުރެވެމުންދާއިރު އިންސްޓާގްރާމް ބޭނުން ކުރަމުން އަންނަ މީހުންގެ އަދަދު 700 މިލިއަނަށްވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސްޓާގްރާމް ޑައުން ވެފައިވާއިރު ދިމާވެފައިވަނީ ކޮން މައްސަލައެއް ކަމެއް އަދި އެނގިފައި ނުވާކަމަށް ރިޕޯޓްތައްބުނެއެވެ. ފޭސްބުކް ބޭނުން ކުރުމުގައިވެސް މިއަދު ދަތިތަކެއް ދިމާވަމުން ދާތީވެ އިންސްޓާގްރާމް ޑައުންވުމުގައި ފޭސްބުކުއާ ގުޅުމެއް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފޭސްބުކް ބޭނުންކުރުމުގައި ދަތިތަކެއް ވަނި ކުރިމަތި ވެފައި

މިހަފްތާގެ ތެރޭގައި މިއީ ފޭސްބުުކް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވި ދެވަނަ ފަހަރެވެ.

comment ކޮމެންޓް