މޮރޮކޯގެ ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލަ ހޫނުވެއްޖެ

މޮރޮކޯގެ ބަޔަކު ރޭޕާ ދެކޮޅަށް އަޑު އުފުލަނީ

މޮރޮކޯގެ ޕަބްލިކް ބަހެއްގެ ތޭރޭގައި އަންހެނަކު ރޭޕްކޮށް އޭގެ ވިޑިއޯތައް އާންމުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

މޮޜޮކޯގެ ބޮޑެތި ޝަހަރުތަކުގައި އެ މައްސަލައިގައި ވަނީ ބޮޑެތި މުޒާހަރާ ތަކެއް ވެސްކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެ ގައުމުގެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ނުރުހުން ފަޅުކުރަމުންނެވެ.

އެ ހާދިސާއަށް ފަހު މަދަނީ ޖަމިއްޔާތަކާއި އަދި އެކްޓިވިސްޓުން ވަނީ މިއަދު ވެސް މޮރޮކޯގެ ބޮޑެތި ޝަގަރުތައް ކަމަށްވާ ކަސްބްލަންކާ ، އަގަދީރު އަދި ރަބާތުގައި ބޮޑެތި މުޒާހަރާތައް ބޭއްވުމަށް ގޮވާލައިފަ އެވެ. އަދި އެ މީހުން ވަނީ އެ ގައުމުގައި ރޭޕްގެ މައްސަލަ އިތުރުވެފައިވާތީވެ އެކަން ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފަ އެވެ.

"މި ހިނގައިދިޔަ ކަންތަކާމެދު އަހަރެމެންނަކަށް މަޑަކުން ނުތިބެވޭނެ. މިހާރު މޮރޮކޯގައި ރޭޕްކުރުން އާދައިގެ ކަމަކަށް ވެއްޖެ. އަހަރުމެން އެންމެން އެބަ ޖެހޭ މިކަމާ ދެކޮޅަށް ނުކުނަންނަން،" އެކްޓިވިސްޓެއް ކަމަށްވާ ޒަހްރާ އަލް ފައިސާވީ ބުންޏެވެ.

އާންމުވެފައިވާ ރޭޕުގެ ވީޑިއޯ ބެލި މީހުން ބުނި ގޮތުގައި ހުތުރުކަންބޮޑު އެ އަމަލު ވޭނެއްގެ ތެރޭގައި ބަޔަކު ހިންގަމުންދިޔައިރު، މަންޒަރު ބަލަން ބަޔަކު ތިބި ކަމަށެވެ. އެ މަންޒަރު ބަލަން ބަހުގައި ތިބި މީހުން ހީހީފައި އެކަމަށް ތާއިދު ކުރި ކަމަށް އެ ވީޑިއޯ ބެލި މީހުން ބުންޏެވެ.

comment ކޮމެންޓް