ހިންމަފުށީ ބިދޭސީ މީހާގެ މަރާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި

ކ.ހިންމަފުށި މަތިން ނަގާފައިވާ ފޮޓޯއެއް --ސަން ފޮޓޯ/ އަހްމަދު ހަސަން

ކ. ހިންމަފުށީގައި ހުންނަ ފެން ހަދާ، ލައިފް ފެން ފެކްޓްރީގައި މަސައްކަތް ކުރި ބިދޭސީއެއް މަރުވެފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހު ފެނުނު މައްސަލާގައި 33 އަހަރުގެ ދިވެއްސެއް ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލާގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހާގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހިންމަފުށީގައި 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެމީހާ މިހާރު އޮތީ މޯޗަރީގަ އެވެ.

ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ބަންގްލަދޭޝް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަަމަށް ޑޮކްޓަރު ބުންފައިވާ ކަމަށެވެ.

އެ ބިދޭސީ މީހާއަކީ ލައިފް ފެން ކުންފުނީގައި މަސައްކަތް ކުރާ އެހެން ބިދޭސީންނާ އެއްކޮށް ދިރިއުޅޭ މީހެއްކަން އެނގިފައިވެ އެވެ.

ފުލުހުން އެމައްސަލަ ބަލަނީ ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން ކަން އެނގިފައިވެ އެވެ.

comment ކޮމެންޓް