ޕްރިޔަންކާ އޭނާގެ ބައްޕަގެ އުފަންދުވަސް ފާހަގަކޮށްފި

ޕްރިޔަންކާ އަދި އަޝޯކް ޗޯޕްރާ --

ޕްރިޔަންކާ ޗޯޕްރާ، އޭނާގެ މަރުވެފައިވާ ބައްޕަ، އަޝޯކް ޗޯޕްރާ މަރުވެފައިވަނިކޮށް އޭނާގެ 67 ވަނަ އުފަންދުވަސް ފާހަގަކޮށްފި އެވެ.

އޭނާ މިއަދު ވަނީ ކޭކެއް އެޅުމަށް ފަހު އޭގައި 'ހެޕީ ބާތު ޑޭ ޑޭޑް' ޖަހައިފަ އެވެ. ހަމަ އެއާ އެކު އޭނާ ވަނީ ޓުރިބިއުޓެއް ވެސް ބާއްވައިފަ އެވެ.

ޕްރިޔަންކާ ޗޯޕްރާގެ ބައްޕަ އަޝޯކް ޗޯޕްރާގެ އުފަން ދުވަހަކީ މިއަދެވެ.

ޕްރިޔަންކާ އަކީ މިހާރު މުޅި ބޮލީވުޑްގައި ވެސް އެންމެ ކުޅަދާނަ އެއް ފަންނާނެވެ. އެކި ކަހަލަ ފިލްމުތަކާއި ލަވަތައް ކުޅޭ ޕްރިޔަންކާ މިހާރު ދަނީ އޭނާގެ އެމެރިކަން ޝޯ 'ކުއަންޓިކޯ'ގެ ތިން ވަނަ ސީރީޒްގެ ޝޫޓިންގް ފަށައިފަ އެވެ.

ޕްރިޔަންކާގެ ބައްޕަ މީގެ ހަތަރު އަހަރު ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް