ޔޫޓިއުބުން "ބްރޭކިންނިއުސް" ފީޗާ ތައާރަފްކޮށްފި

ޔޫޓިއުބުން އަލަށް ތައާރަފްކުރި ބްޜެކިން ނިއުސްގެ ސްކްޜީން ޝޮޓެއް

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޔޫޓިއުބުން "ބްރޭކިންނިއުސް" ފީޗަރ" ޔޫސަރ ފީޑަށް ތައާރްފްކޮށްފިއެވެ.

އަލަށް ތައާރަފްކުރި މިފީޗަރ އަކީ ވަކި އޯޑިއަންސަކަށް ހާއްސަކޮށްގެން ނެރުނު އެއްޗެއް ނޫން ކަމަށާއި އަދި މިއީ ބޮޑު އޯޑިއަންސަކަށް ތައްޔާރުކޮށްފައިވާ ފީޗާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންރޮއިޑް ޕޮލިސް އިން ނެރެފައިވާ ރިޕޯޓެއް ބުނެފައިވާ ގޮތުގައި އަލަށް ތައާރަފް ކުރެވުނު އެ ބައިގައި ދުނީޔޭގެ އެކި ކަންކޮޅުތަކުގެ ބްރޭކިން ނިއުސް އަރަމުންދާނެއެވެ.

އެ ފީޗަރ ޔޫޓިއުބުގައި ހިމަނައިފައިވަނީ ޔޫޓިއުބަށް ވަންނަ އިރު އެންމެ މައްޗަށް އަރާ ގޮތަށެވެ. އަދި އޭގައި 7 ބްރޭކިން ނިއުސް އަބަދުވެސް ފެންނަން ހުރެއެވެ. އެގޮތުން މިހާރު ފެންނަން ހުންނަ ހަބަރުތަކުގެ ތެރޭގައި ދާދި ފަހުން ބާސެލޯނާއަށް ދިން ހަމަލާއާ ބެހޭ ހަބަރުތައް ދަނީ އަޕްޑޭޓް ވަމުންނެވެ.

އަލަށް ތައާރަފް ކުރި އެ ފީޗަރ ޔޫޓިއުބު ބޭނުންކުރާ މީހުން ބޭނުންނަމަ ޑިޒޭބަލް ކުރުމުގެ އިހުތިޔާރުވެސް ވަނީ ދީފައެވެ. އަދި އެފީޗަރ މިހާރު ވަނީ އައިއޯއެސް، އެންޑްރޮއިޑްގައި ހިމަނައިފައެވެ. އަދި ޔޫޓިއުބްގެ ވެބްސައިޓަށްވެސް ވަކި ފޭސް ތަކަަކަށް ބަހާލައިގެން އެ ފީޗަރގެ ހިދުމަތް ލިބިގެންދާނެއެވެ.

comment ކޮމެންޓް