ފެނަކައިން ޝަރޫއަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދައްކަން ހުކުމްކޮށްފި

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

ފެނަކައިން ޝަރޫގެ މައްޗަށް ދައުވާ ކުރީ، ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ޝަރޫއަށް ދިނުމުން އެ ރުފިޔާއަށްވާ އެއް މިލިއަން ޑޮލަރު ފެނަކައަށް ލިބިފައި ނުވާތީ އެވެ. ޝަރޫއިން ވަނީ، ފެނަކައަށް ތިން ޗެކެއްވެސް ދީފަ އެވެ. ޖުމްލަ އެއް މިލިއަން ޑޮލަރުގެ އެ ޗެކުތައް ވަނީ ބައުންސް ވެފަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާއަކީ، ޝަރޫއިން ފެނަކައަށް ދޭންޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި، އެހެން ކަމުން އެ ފައިސާ ހަތަރު މަހަށް ބަހާލައިގެން ދެއްކުމަށް އަމުރު ކުރާ ކަމަށެވެ.

އެ މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ފުލުހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް