"ޖުޅްވާ 2"ގެ ޓްރެއިލަރ އާންމުކޮށްފި

ވަރުން، ޖެކްލިން އަދި ޓާޕްސީ

އަަންނަ މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމު، "ޖުޑްވާ 2"ގެ ޓްރެއިލަރ އާންމުކޮށްފިއެވެ.

ބޮލީވުޑްގައި 1997 ވަނަ އަހަރު ނެރުނު "ޖުޑްވާ 1"ގައި ހަރަކާތްތެރިވެފައިވަނީ ސަލްމާން ޚާންއެވެ. މި ފިލްމް ވެގެން ދިޔައީ ވަރަށްވެސް "ހިޓް" ފިލްމަކަށެވެ.

ޖުޑްވާ 2ގައި ހަރަކާތްތެރިވަނީ މަޝްހޫރު ފިލްމީ ތަރި ވަރުން ދަވަން އެވެ. ފިލްމުގައި އެންމެ މުހިއްމުތަރިންނަކީ ވަރުން އަދި ޖެކްލީން ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޓާޕްސީ ޕަންނު ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ.

ފިލްމްގެ ޓްރެއިލްރ އިންވެސް މި ފިލްމުގެ މޮޅުކަން އެނގެއެވެ. ފިލްމު ލޯންޗް ކުރުމުގެ ކުރިން މީޑިޔާ އާ ވާހަކަ ދައްކަމުން ވަރުން ބުނީ މި ފިލްމަށް ހުރިހާ އެންމެންވެސް ވަރަށް މަސައްކަތް ކުރި ކަމަށާއި، ހުރިހާ ފޭނުން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށެވެ.

" މި ފިލްމްގެ މައި ތަނބަކީ ސަލްމާން ޚާން. މި ފިލްމް ސަލްމާން އާއި ނުލައި ފުރިހަމަ ނުވީސް. ޖުޑްވާ 1 އަކީ ކުޑައިރުވެސް އެންމެ ބަލާހިތުން ބެލި އެއް ފިލްމް،" ވަރުން ބުންޏެވެ.

މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ 29 ސެޕްޓެމްބަރުގައެވެ. ހަމަ ޔަގީންނުންވެސް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް މި ފިލްމު ވެގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކުރެއެވެ.

comment ކޮމެންޓް