ދީޕިކާއާއި ރަންވީރު ރުޅިވެއްޖެކަމަށް ފެތުރުނު ޚަބަރު އެ ދެ ތަރިން ދޮގުކޮށްފި

ދީޕިކާ އަދި ރަންވީރު

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ރުޅިވެއްޖެކަމަށް ފެތުރުނު ޚަބަރުތައް އެ ދެތަރީން ދޮގުކޮށްފިއެވެ.

އެކިފަހަރު މަތިން މިދެމީހުން ރުޅިވެއްޖެކަމަށް ޚަބަރު ފެތުރިފައިވާ ކަމަށާއި، ނަމަވެސް މިއިން އެއްވެސް ކަމަކުން މި ދެބައިވެރިންގެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް އައިސްފައިނުވާ ކަމަށް މި ދެތަރިން ބުނެއެވެ.

މި ދެތަރީންގެ ފޮޓޯތައްވެސް ސޯޝަލް މީޑިޔާގައި ދައުރު ވެފައިވާ ވާއިރު، އެ ފޮޓޯތަކުންވެސް ރަންވީރު ދިޕިކާ ދެކެވާ ލޯބި ހާމަވެގެންދެއެވެ.

މި ދެތަރިންގެ ގުޅުމަށް މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެއްއެވެ.

"ދަ ޓައިމްސް އޮފް އިންޑިޔާ" އަށް ދީޕިކާ ދިން އިންޓަވިއުއެއްގައި ބުނީ، ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ރަންވީރަކީ އޭނާގެ ހަޔާތަށް ވަރަށް މުހިއްމު މީހެއް ކަމަށެވެ.

"ރަންވީރަކީ ކޮންމެ ކަމެއްގައިވެސް އަހަރެންގެ އެންމެ ގާތުގައި ހުންނަ އެކަކު. މިހާރުވެސް، އަބަދުވެސް ރަންވީރު އަހަރެންގެ ދިރިއުޅުމަށް ވަރަށް މުހިއްމު. އޭނާއަކީ އަހަރެންގެ ހަޔާތުގައި މުހިއްމު އެކަކު. މިކަމެއް ދުވަހަކުވެސް ބަދަލެއް ނުވާނެ،" ދީޕިކާ ބުންޏެވެ.

މި ދެތަރިން ވަނީ "ރާމްލީލާ" އަދި "ބަޖްރައޯ މަސްތާނީ" ގައިވެސް އެކީ ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް