ބޮލުގައި ހަންފޮޅުމުން ދުރުކޮށްދޭނީ ކިހިނެއް؟

ބޮލުގައި ހަންފުޅުމުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ މައްސަލައެއް --

ބޮލުގައި ހަންފޮޅުމަކީ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ވަރަށް އާންމު މައްސަލައެކެވެ.

އިސްތަށިގަނޑު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންވެސް ވަރަށް އެކަމަށް ގަދަ އަޅައި މަސައްކަތް ކުރާކަމެކެވެ. ހަންފޮޅުމަކީ އެމައްސަލަ ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބައެއް ފަހަރު ވަރަށް ވޭން ހުރިކަމެކެވެ. އަބަދުވެސް ބޯ ހިރުވާ ގޮތް މިކަމުގެ ސަބަބުން ދިމާވެއެވެ. އެކި ފަހަރުމަތިން ބޮލުގައި ލާ ޝޭމްޕޫ ބަދަލު ކުރީ ކިތައް ބޭފުޅުން ހެއްޔެވެ؟ ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނޭ ދޯ އެވެ؟

ބޮލުގައި ހަންފޮޅުމުގެ ސަބަބުން ޑަކްޓަރީ ބޭސް ބޭނުން ކުރާ ބޭފުޅުންވެސް މަދެއް ނުވާނެއެވެ. މި ބޭސްތައް ބޭނުން ކުރުމުން ވެސް އެކަމަށް ހައްލު ނުލިބޭ ފަހަރު އައުމީ ގާތް ކަމެކެވެ.

ބޮލުގައި ހަންފޮޅުމުން ތިމާ ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ ގޭތެރޭ ބޭނުންކުރާ ސާމާނު ބޭނުންކޮށްލައިގެންވެސް މިކަން ހައްލުކުރެވިދާނެއެވެ.

ކާށިތެޔޮ

ކާށި ތެލަކީ މިކަމަށް އޮތް ފަރުވާއެކެވެ. ކާށި ތެލަކީ އަހަރެމެން ދިވެހިން އެކި ކަންތައްތަކުގައި ބޭނުންކުރާ އެއްޗެކެވެ. ފެންވެރުމުގެ ކުރިން ކާށި ތެޔޮ މުޅި އިސްތަށިގަޑުގައި ހާކާލާށެވެ. އެއަށްފަހު އެ ތެލުން ދިހަ ވަރަކަށް މިނެޓު ބޯ މަސާޖުކޮށްލާށެވެ. މުޅި ބޮލުގައި ތެޔޮ ހާކާލުމަށްފަހު ގަޑިއެއްހާއިރު ބަހައްޓާލުމަށްފަހު ބޯ ދޮވެލާށެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު މިކަން ތަކުރާރު ކޮށްލާށެވެ.

ލޮނު

ލޮނަކީ އާންމު ގޮތެއްގައި ކެއްކުމުގައި ރަހަ ހެޔޮވަރުކޮށްލުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ލޮނަކީ ބޮލުގެ ހަންގަނޑަށް ވަރަށް ފައިދާ ހުރި އެއްވެކެވެ. ބޮލުގައި ލޮނު ހާކާލުމަށްފަހު ބަހައްޓާށެވެ. އެއަށްފަހު ބޮލުގައި ޝޭމްޕޫ ލައިގެން ރަގަޅަށް ދޮވެލާށެވެ.

މީގެ އިތުރުން އަލޯވެރާއާއި ލުނބޯ އަކީވެސް ބޮލުން ހަންފޮޅުމުން ދުރުކޮށްދޭ ދެބާވަތެވެ.

މިކަންތައްތައް ހަފްތާއަކު މަދުވެގެން ދެފަހަރު ތަކުރާރުކޮށްލައްވާށެވެ. ނަތީޖާ ފެނިގެންދާކަށް ލަހެއް ނުވާނެއެވެ.

comment ކޮމެންޓް