އެސްޓީއޯ ސުޕަމާޓުގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ހަރުގަނޑެއް!

އަމިއްލަ އުފެއްދުންތަކަށް ޚާއްސަ ކޯނާއެއް ހުޅުވުމަށް މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސުޕަމާކެޓުގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ހަރުގަނޑެއް ބަހައްޓައިފި އެވެ.

އެސްޓިއޯ ސުޕަމާކެޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ހަރުގަނޑު ބެހެއްޓުމަށްފަހު، އެކަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެ ސަރަހައްދަކީ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ސަރަހައްދަކަށްވެފައި ދިވެހި އުފެއްދުންތައް އެސްޓީއޯ މެދުވެރިކޮށް ވިއްކުމަކީ އެފަދަ ތަކެތި އުފައްދާ ފަރާތްތަކަށް މާކެޓު ލިބޭނެ ކަމެއް ކަމަށެވެ.

އަމިއްލަ އުފެއްދުންތަކަށް ޚާއްސަ ކޯނާއެއް ހުޅުވުމަށް މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޝަހީރު ވިދާޅުވި ގޮތުގައި ސުޕަމާކެޓުގައި އެފަދަ ޕްރޮޑަކްޓުތަކަށް ޚާއްސަ ކޯނާއެއް ހުޅުވާފައި ވަނީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެކަމާ ބެހޭ ގޮތުން ތަމްރީންތަކެއް ދިނުމަށްފަހުގައެވެ. އަދި އެތަން ހުޅުވުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމިއްލަ އުފެއްދުންތަކަށް ޚާއްސަ ކޯނާއެއް ހުޅުވުމަށް މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެސްޓީއޯ ސުޕަމާޓްގެ ސީނިޔާ ޖެނެރަލް މެނޭޖަރ، ފާތިމަތު ޢާޝާން ވިދާޅުވީ އަމިއްލަ އުފެއްދުންތައް އުފައްދަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ނިޒާމެއްގެ ދަށުން އެކަން ކުރެވޭނޭ ގޮތް މިހާރު ފަހިވެފައިވާ ކަމަށާއި އެގޮތުން 2014 ވަނަ އަހަރާ އަޅާބަލާއިރު މިހާރު ލޯކަލް ސަޕްލަޔަރުން އެސްޓީއޯއާ އެކު ރެޖިސްޓަރ ކުރެވިފައިވާ މިންވަރު އިތުރުވެފައިވާ ކަަމަށެވެ.

comment ކޮމެންޓް