ރިޔާ ސެން ކައިވެނި ކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރިޔާ ސެން

ބޮލީވުޑްގެ މަޝަހޫރު ފިލްމީ ތަރި ރިޔާ ސެން ކައިވެނިކޮށްފި އެވެ. ރިޔާ ސެން ކައިވެނިކޮށްފައި ވަނީ އޭނާ ޒަމާންތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ޝިވަމް ތިވާރީއާއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ރިޔާ ކައިވެނިކޮށްފައި ވަނީ ވަރަށް ސިއްރުންނެވެ. އަދި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައި ވަނީވެސް އާއިލާއާއި ގާތް އެކުވެރިންގެ ތެރެއިން ވެސް މަދު ބައެކެވެ.

ބެންގޯލްގެ ސަގާފަތާއެއްގޮތަށް ކުރިއަށް ގެންދިޔަ އެ ކައިވެނީގެ ފޮޓޯތައް ރިޔާގެ ދައްތަ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރައިމާ ސެން ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

A post shared by Raima Sen ✅ (@raimasen) on

ރިޔާ ސެންގެ އިންސްތަގްރާމުން ވަރަށް ގިނައިން ޝިވަމް ކުރިން ފެނުނު ކަމުގައިވިޔަސް އެދެމީހުން ރައްޓެހިވެގެން އުޅޭކަމަށް އެއްބަސް ވެފައެއް ނުވެއެވެ. އަދި ކުއްލިއަކަށް އެ ދެ މީހުން ކައިވެނި ކުރުމުން ވަރަށް ގިނަ ބަޔަކަށް ސިހުން ލިބުނެވެ. ޕިންކްވިލާގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުން ކުއްލިއަކަށް ކައިވެނިކުރީ ރިޔާ ބަލިވެ އިނުމުގެ ސަބަބުންނެވެ.

އެކްތާ ކަޕޫރުގެ ވެބްސީރީޒްއެއް ކަމަށްވާ ރަޖިނީ އެމްއެމްއެސް 2.2 ޝޫޓް ކުރުމުގައި ރިޔާ ހަރަކާތްތެރިވަމުންދާއިރު އޭނާ ބަލިވެއިންކަމަށް ތުންތުންމަތިން ކިޔަމަުންދާ ވާހަކަތަކަށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް