އާތިފުގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ޕާފޯމިންގް އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ޢާޠިފަށް ރައީސް ދެެއްވަނީ -- ފައިލް ފޮޓޯ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ވަރަށްދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، އަދި ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މައްޗަންގޮޅި އުޑުވިލާ، މޭޖާ އަޙްމަދު ޢާޠިފް އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޭޖާ އަޙްމަދު ޢާޠިފް މި ދުނިޔެ ދޫކުރެއްވުމަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށާއި ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށްބޮޑު ހީނަރުކަމެއްކަން ރައީސް ފާހަގަ ކުރައްވާ ކަމަށެވެ.

މޭޖާ އަޙްމަދު ޢާޠިފް އަވަހާރަވި އިރު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާފޯމިންގް އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ޢާޠިފަށް ދެއްވައިފަ އެވެ.

comment ކޮމެންޓް