ޕީޕީއެމްގެ އެސްޖީ ޑރ. ޚަލީލް ހަސްފަތާލުން ދޫކޮށްލައިފި

ޑރ. ހަލީލު އިއްޔެ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި: މިހާރު އޭނާ ވަނީ ގެއަށް ދޫކޮށްލައިފަ -- ފޮޓޯ/ އާއިލާ

ސިއްހީ ހާލު ގޯސްވެ ރޭ އައިޖީއެމްއެޗުގައި އެދުމަތު ކުރި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ސެކަރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ހަސްފަތާލުން ދޫކޮށްލައިފި އެވެ.

ޚަލީލްގެ ސިއްހީ ހާލު ގޯސްވެފައި ވަނީ އާދަޔާ ހިލާފަށް ހުންގަދަވެ، ރޯގާގެ އަސަރު ބޮޑުވުމުންނެވެ. ނަމަވެސް ރޭ އޭނާ އެދުމަތިކުރި އިރު ހާލު ސީރިއެސް ނޫން ކަމަށް އާއިލާ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ހަލީލްގެ އާއިލާ މެމްބަރަކު 'ސަން' ބުނީ މިއަދު ހެނދުނު ހަލީލް ދޫކޮށްލާފައިވާ ކަމަށާއި ކުރިއަށްވުރެން މިހާރު ހުންވެސް މަޑުވެފައިވާ ކަމަށެވެ. އަދި ހަސްފަތާލުން ދޫކޮށްލީ އެދުމަތި ކޮށްގެން ފަރަވާދޭން ޖެހޭ ކަމަށް ޑޮކްޓަރުންނަށް ނުފެންނާތީ ކަމަށެވެ.

ހަލީލަށް އައިޖީއެމްއެޗުގައި އެދުމަތިކޮށް ފަރުވާދީފައިވާއިރު ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) މެއަށް ތަދެއް އަރައިގެން ދެ ދުވަސްވަންދެން އެދުމަތިކޮށް ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް