ޞަޙާބީންގެ މަތިވެރިކަން -9

7 އޯގަސްޓް، 2017: އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވުނު ކޭތަނަމާދުގެ ތެރެއިން: ފޮޓޯ/ ފަޔާޒު މޫސާ

މާތްﷲ ގެ ސުންނަތް

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަދުރު ހަނގުރާމައިގެ މައިދާނުގައި އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާޔަށް ބައްލަވައިލެއްވިއިރު އެބޭކަލުންގެ ޢަދަދު ތިންސަތޭކައަށްވުރެ ތަންކޮޅެއް ގިނައެވެ. މުޝްރިކުންނާ ދިމާޔަށް ބައްލަވައިލެއްވިއިރު މުޝްރިކުންގެ ޢަދަދު އެއްހާހަށްވުރެ ގިނައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވަގުތު ޤިބްލައަށް ކުރިމަތިލައްވައި ސަޖިދައަށް ތިރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދޫފުޅުން އަންނަނިވިއިރު ޢިބާރާތް ވިދާޅުވަމުން ގެންދެވިއެވެ.

" އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާއަށްކުރެއްވި ވަޢުދުފުޅު ފުރިހަމަ ކުރައްވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަދު އިބަރަސްކަލާނގެ މުސްލިމުންގެ މިމަދު މީސްކޮޅު ހަލާކުކުރައްވައިފިނަމަ އޭގެފަހުން މި ބިންމަތީގައި ދުވަހަކުވެސް އިބަރަސްކަލާނގެ ރަސްކަންފުޅަކަށް އަޅުކަމެއް ނުކުރެވޭނެއެވެ." (އަލްބިދާޔަތު ވައްނިހާޔަތު : 3/275)

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު އުސާމާގެ ލަޝްކަރު ޝާމްކަރަޔަށް ފުރުއްވައިލެއްވުމަކީ އިސްލާމީ ތާރީޚުގެ އިންތިހާ ދަރަޖައިގެ މުހިންމު ޙާދިޘާއެކެވެ. އޭރު ޢަރަބިކަރައިގައި އޮތީ ބަޣާވަތް އުފެދިފައެވެ. ނަމަވެސް މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އީމާންތެރި ފިޔަވަޅުފުޅުގެ ސަބަބުން އިސްލާމްދީނުގެ ކީރިތި މޫރިތިކަން އަލުން ޤާއިމުވިއެވެ. އެޙާދިޘާގެ ވާހަކަ ބަޔާންކުރައްވަމުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

"އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން އިލާހަކުނުވާ މަތިވެރި ޒާތުފުޅު ގަނދީ ބުނަމެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްފަހު) އަބޫބަކުރުގެފާނު ޚަލީފާއަކަށް ނެހެދުނުނަމަ މިބިންމަތީގައި މާތްﷲ އަށް އަޅުކަމެއް ނުކުރެވުނީހެވެ." (އަލްބިދާޔަތު ވައްނިހާޔަތު : 6/305)

އިސްވެދިޔަ ދެބަސްފުޅަކީ ބޭރުފުށުން ބަލާއިރު ވަރަށް އަޖާއިބުވާން ޖެހޭފަދަ ދެބަސްފުޅެވެ. އެހެންކަމުން އަބޫހުރައިރަތުގެފާނު އެހެން ވިދާޅުވި އަޑުފުޅު އިވުނުމީހާ ދެންނެވިއެވެ. އޭ އަބޫހުރައިރާއެވެ. ހިމޭނުން ހުންނަވާށެވެ!

ނަމަވެސް މިދެބަސްފުޅަކީ ވަރަށް ބޮޑު ޙަޤީޤަތެއް ހާމަކޮށްދޭ ދެބަސްފުޅެކެވެ. އެހެނީ ޙަޤީޤަތުގައި އެދެބަސްފުޅާ ގުޅެނީ މާތްﷲ ގެ ސުންނަތާއެވެ. އެކަލާނގެ ޤުދްރަތްފުޅަކާ ނޫނެވެ. ޝައްކެތްނެތެވެ. ވައިގެ ޒަރީޢާއިން އެންމެހައި މުޝްރިކުން ހަލާކުކޮށްލެއްވުމަކީވެސް މާތްﷲ އަށް އެކަމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަމެކެވެ. ހަމަ އެފަދައިން ހަމައެކަނި ވާށޭ ވަޙީކުރެއްވުމުން އެންމެހައި އިންސާނުންނަކީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާ ބަޔަކުކަމުގައިވެސް ހައްދަވައިލެއްވިދާނެއެވެ. ނަމަވެސް މި އިމްތިޙާނުތަކުގެ ދުނިޔޭގައި ޚުދް މާތްﷲ ގެ ނިޔާފުޅުގެ ދަށުން އެކަން ވާންއޮތީ އެގޮތަކަށް ނޫނެވެ. މިދުނިޔޭގައި ހުރިހާ ކަމެއްވެސް ހިނގަނީ ސަބަބުތަކުގެ ފަރުދާގެ ތެރޭގައެވެ. އެހެންކަމުން އިސްވެދިޔަ ބަސްފުޅުތަކުގެ މަޠުލަބަކީ މިދުނިޔޭގެ ކަންތައް ހިންގަވާ އިލާހީ ޤާނޫނުގައިވާ ގޮތުގެ މަތީން އެކަން ނުވާނެ ވާހަކައެވެ. އެކަންކަންވުން އެކަށީގެންނުވާ ވާހަކައެއްނޫނެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަދުރު ހަނގުރާމައިގެ ދުވަހު އެކަލޭގެފާނުގެ ދުޢާފުޅުގައި ބޭނުންކުރެއްވި ޢިބާރާތާއި ، އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އެވިދާޅުވި ޢިބާރާތުން ޞަޙާބީންގެ ޖަމާޢަތުގެ އަހަންމިއްޔަތު އޮޅުންފިލައެވެ. އާދެ، ޞާހާބީންނަކީ ޢަރަބިކަރައިގެ ޞަޙަރާގައި އިލާހީ ޚާއްޞަ އިހްތިމާމުގެ ދަށުން ތައްޔާރުކުރެއްވި ޚާއްޞަ ޖަމާޢަތެކެވެ. އެހެންކަމުން އެބޭކަލުންގެ މަޤްޞަދު ފުރިހަމަނުވެ އެބޭކަލުން ނެތިވެ ހިނގައްޖެނަމަ ތާރީޚު ދެވަނަ ފަހަރަށް އެނބުރި ދާންޖެހޭނީ ޞާޙާބީންގެ ދައުރުގެ ކުރިން ތާރީޚު އޮތް ހިސާބަށެވެ.

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި އަރަހުށި މާތްﷲ އެދިވޮޑިގެންވަނީ މިދުނިޔެއިން ފިތުނައިގެ ދައުރު ނިމުމެވެ. މާތްﷲ ގެ ދީން ދުނިޔޭގެ ފެންވަރުގައި ފާޅުވުމެވެ. އާދެ، ދުނިޔޭގައި ޝިރުކަށް ކުރި ލިބިފައިވާ ދައުރު ނިމުމެވެ. ތައުޙީދަށް ކުރި ލިބިފައިވާ ދައުރެއް ފެށުމެވެ. ތައުޙީދަށް ގަދަކަން ލިބިފައިވާ ދައުރެއް އައުމެވެ. މިއީ ތާރީޚުގެ އެންމެ އުނދަގޫ އެއް މަޝްރޫޢެވެ. އެހެނީ މިހުރިހާ ކަމެއް ފުރިހަމަކުރައްވަން މިންވަރު ކުރައްވައިފައިވަނީ އަސްބާބުތަކުގެ ދާއިރާގައެވެ. މިއީ އިލާހީ ޙާދިޘާއެއް އިންސާނީ ފެންވަރުގައި ފާޅުކުރެއްވުން ފަދަ ކަމެކެވެ.

އެފަދަ ފާޅުކުރެއްވުމަކަށް ބޭނުންވަނީ ޙަޤީޤަތް އޮޅުންފިލުވަން ދަންނަ މީހުންނެވެ. އެބައިމީހުނާ އެއްދައުރެއްގެ ނަބީބޭކަލަކު ދަނެ އެބޭކަލެއްގެ ފުރިހަމަ ބައިވެރީންކަމުގައި ވުމަށެވެ. އެކަމަށްޓަކައި ބޭނުންވަނީ ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރީންނެވެ. އެއްފަހަރު ބައިޢަތު ހިފުމަށްފަހު ފަހަރެއްގައިވެސް އެހެން ފަރާތަކަށް ނުއެނބުރުމަށްޓަކައެވެ. ތިމާމެންގެ ހުރިހާ އެއްޗެއްސެއް ޤުރުބާންކުރަން ޖެހުނު ކަމުގައިވިޔަސްމެހެވެ. އެކަމަށްޓަކައި ބޭނުންވަނީ މަޤްޞަދަކަށްޓަކައި ދިރިއުޅޭނެ ޖަމާޢަތެކެވެ. ޙައްޤު ފާޅުކުރުމުގެ މަޤްޞަދު ފިޔަވައި އެހެން ހުރިހާ ކަމަކަށް ދެވަނަ ދަރަޖަދޭ ބަޔަކުކަމުގައި ވުމަށްޓަކައެވެ. އެކަމަށްޓަކައި ބޭނުންވަނީ އިންތިހާ ދަރަޖައިގެ ހިތްވަރުގަދަ މީހުންނެވެ. ފަރުބަދަތަކަކާ ދިމާކުރަން ޖެހުނުކަމުގައިވިޔަސް ތިމާމެންގެ މުހިންމަތު ފުރިހަމަ ނުވަނީސް ހުއްޓައިނުލާނެ ބަޔަކު ކަމުގައި ވުމަށްޓަކައެވެ. އެކަމަށްޓަކައި ބޭނުންވަނީ އިންތިހާ ދަރަޖައިގެ ތަނަވަސް ހިތްތަކެއްގެ އަހްލުވެރީންނެވެ. ދެބަސްވުން އުފެދުނުކަމުގައިވިޔަސް އެކަތިގަނޑަކަށް ވެގެން ތިބުމަށްޓަކައެވެ. ޝަކުވާ އުފެދުނުކަމުގައިވިޔަސް އެހީތެރިވެދިނުން ހުއްޓައިނުލުމަށްޓަކައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ އިސްވެ ދެންނެވި ބާވަތުގެ ނާދިރު އިންސާނުންނެވެ. އެބޭކަލުންނަކީ ޚާއްޞަކޮށް އެ މަޤްޞަދަށްޓަކައި ދެހާސް ފަސްސަތޭކަ އަހަރުގެ ދިގު ރާސްތާއެއްގައި ޖީލަކަށްފަހު ޖީލެއް ތަމްރީނުކުރެވިގެން އުފެދިފައިވާ ޖީލެކެވެ. އެބޭކަލުންގެ ޒަރީޢާއިން އެބޭކަލުންގެ މުހިންމަތު ފުރިހަމަ ނުވިނަމަ ދެވަނަ ފަހަރަށްވެސް ބޭނުންވާނީ އައު އިބްރާހީމީ ޝަޚްސިއްޔަތެކެވެ. ތާރީޚަށް ޖެހޭނީ އަނެއްކާވެސް ދެހާސް ފަސްސަތޭކަ އަހަރު އިންތިޒާރުކުރާށެވެ. ބޭނުންވާކަހަލަ ޖަމާޢަތެއް އަލުން ތައްޔާރުވުމަށެވެ. އެ ޖަމާޢަތް ބޭނުންކޮށްގެން މާތްﷲ ގެ ދީން ޢާލަމްތަކަށް ފެތުރުމަށްޓަކައެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞާޙާބީންނަކީ އެބޭކަލުންގެ ޒާތުފުޅުގައި އިންސާނީ މަޤްޞަދާއި އިލާހީ މަޝްރޫޢު އެކައްޗަކަށް ވުމަށްޓަކައި އިންތިޚާބު ކުރެއްވި ޚާއްޞަ ޖަމާޢަތެވެ. އެފަދަ ބަޔަކު ނިކުންނަނީ ތާރީޚުގެ އެތަކެއްހާސް އަހަރުގެ ބުރުޖެހުމަށް ފަހުގައެވެ. އެފަދަ ބަޔެއްގެ މަޤްޞަދު ފުރިހަމަނުވެ އެބަޔަކު ނެތިވެ ހިނގައްޖެނަމަ ތާރީޚުގެ ދަތުރުވެސް ހުއްޓިދާނެއެވެ.

comment ކޮމެންޓް