ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގް ހަމަޖައްސައިފި

ގެޓްއަވޭސް އެއްބަސްވުމެއްގައި ދިރާގުން ސޮއިކުރުން--

ައަންނަ މަހު 23 ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގް ހަމަޖައްސައި ގެޓްއަވޭސް އާއެކު އެއްބަސްވުމެއްގައި ދިރާގުން މިއަދު ސޮއި ކޮށްފި އެވެ.

މިއަދު ދިރާގް ހެޑް އޮފީސްގައި ބޭއްވި ބައްދަލުވުމުގައި ދިރާގްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ އެވެ. ގެޓް އަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މޯލްޑިވްސް ގެޓައަވޭސްގެ ޑިރެކްޓަރު އަރީފް އެވެ.

ދިރާގްގެ ފަރާތުން ވާހަކަ ދައްކަމުން ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރަމުން އަންނަ ބައެއްކަމަށެވެ. އަދި ގެސްޓްހައުސް ކޮންފަރެންސްއިން ގެސްޓްހައުސް ހިންގާ ފަރާތްތަށް އެއްތަނަކަށް ގެނެސް ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ވާހަކަދައްކައި ހިޔާލުބަދަލުކުރެވިގެންދާނެ ކަމަށް އިޒްބެލް ވިދާޅުވި އެވެ.

"ގެސްޓްހައުސް ކޮންފަރެންސަކީ ދިރާގަށް ވަރަށް މުހިއްމު ކޮންފަރެންސްއެއް. ދިރާގްގެ ކަސްޓަމަރުންނާ ބައްދަލުވެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ހިޔާލުހޯދާ އެމީހުންގެ ބޭނުންތަށް އެނގި ކުރިޔަށް އޮތްތާގައި ރަންގަޅުފެއްވަރެއްގެ ހިދުމަތެއް ދިނުމަށް މި ކޮންފަރެންސަކީ ވަރަށް މުހިއްމު ކޮންފަރެންސެއް" އިޒަބެލް ވިދާޅުވި އެވެ.

މޯލްޑިވްސް ގެޓްއަަވޭސްގެ ޑިރެކްޓަރު އަރީފު ވިދާޅުވީ މި އަހަރު ގެސްޓްހައުސް ކޮންފަރެންސުގައި ތިމާވެއްޓަށް އިސްކަން ދިނުމަށް ހާއްސަ ބައެއް ކޮންފަރެންސުގައި ހިމަނާނެ ކަމަށެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދާކަމަށް އަރީފް ވިދާޅުވި އެވެ.

ދިރާގުން ބުނީ، ދިރާގުން އަބަދުވެސް ބަލަނީ ސިނާއަތްތައް ކުރިއަރުވައި ކުދި ވިޔަފާރިތައް އިތުރަށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން ކަމުގަ އެވެ. އެގޮތުން މިފަހަރު ވެސް ގެޓްއަވޭސްއާ ގުޅިގެން ގެސްޓްހައުސްތަކުގެ ބޭނުންތަށް ދެނެގަނެ ހިދުމަތްތަށް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށް ދިރާގުން ބުނެ އެވެ.

އަންނަ މަހު ބާއްވާ ގެސްޓްހައުސް ކޮންފަރެސުގައި 200 އަށްވުރެ ގިނަ ގެސްޓްހައުސްތައް ބައިވެރިވާއިރު 50 އެޖެންޓުން ބައިވެރިވެ އެވެ.

comment ކޮމެންޓް