ކުޑަ ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހޯދާ މީހާ --- ފޮޓޯ: ޕޮލިސް

ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ހޯދަން ފޮޓޯ އާންމުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ކޮކޮން ބިޕާރީ ނަމަކަށްކިޔާ މީހެކެވެ. އޭނާ ހޯދަމުން ދަނީ ގދ. ދާންދޫ ޕޮލިސް ސްޓޭޝަނުން ހުށަހެޅި ކުޑަކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ކޮކޮން ބިޕާރީ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެރަށެއްގެ ހުރި ފުލުސް އިދާރާއަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

comment ކޮމެންޓް