ޝަރުތުތަކަކާ އެކު ސަމީރު ދޫކޮށްލައިފި

މުއްދަތު ޖެހުމަށް ސަމީރު ކުރިމިނަލް ކޯޓަށް ވައްދަނީ --- ފޮޓޯ: ޖޭޕީ

ރޭ ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު ޝަރުތުތަކަކާ އެކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ސަމީރު ހައްޔަރުކޮށްފައި ވަނީ ރޭ ކުނޫޒް ކުރިމަތީގައި ހުރެ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެ ސަރަހައްދުން ދުރަށް ނުގޮސް ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުންނެވެ.

ސަމީރު ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ހަވީރު ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ އަށް ޝަރުތުކޮށްފައިވަނީ ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރު ދިނުމަށާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށްފަ އެެވެ.

ސަމީރުގެ މައްޗަށް ފުލުހުން ވަނީ ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ފުލުހުހެއްގެ ގައިގާ އަތްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި އާންމު މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުުހުމަތާއި ތަނަކުން ފިލައިގެން ދިއުން ހިމެނެއެވެ.

comment ކޮމެންޓް