ޗައިނާ ސަފީރު ރައީސް އަރިއަހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

ރައީސް ޔާމީން ޗައިނާ ސަފީރާ މިއަދު ބައްދަލުކުރައްވަނީ --

ޗައިނާ ސަރުކާރުން އްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. އެޗ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ސަފީރުގެ ފަރާތުންނާ އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޓަކައި ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ކުރިއަށްއޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި ރައީސް ވިދާޅުވި އެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގައި މިހާރު ހިނގަމުންދާ މައިގަނޑު މަޝްރޫޢުތައް ފާހަގަކުރައްވައި، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ސަފީރުގެ ޚާއްޞަ ދައުރު ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅާގެ ފަރާތުން ވެސް އެފަދަ އެއްބާރުލެއްވުމާ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

ޗައިނާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި އެވެ. މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ވެސް، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން، ޚާރިޖީ ގޮތުންނާ ބައިނަލްއަޤްވާމީ ދުނިޔޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމުގައި ޗައިނާގެ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު ފުރޭ އަހަރަށްވާތީއާ އެކު، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޗައިނާގެ ސަފީރު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް