ޖޭޕީގެ ސެކެޓްރީ ޖެނަރަލް ސަމީރު ހައްޔަރުކޮށްފި

ޖޭޕީގެ ސެކެޓްރީ ޖެނަރަލް ސަމީރު: ފުލުހުން ވަނީ އޭނާ މިރޭ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒް ކައިރީ ބޭއްވި އެއްވުމުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު ހައްޔަރުކޮށްފިއެވެ.

ސަމީރު ހައްޔަރުކޮށްފައި ވަނީ މިރޭ ކުނޫޒް ކުރިމަތީގައި ހުރެ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެ ސަރަހައްދުން ދުރަށް ނުގޮސް ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުންނެވެ.

އެސްއޯ ފުލުހުންވަނީ ސަމީރު ފުރަގަހަށް ބިޑި އަޅުވައިގެން ވެހިކަލަށް އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރާ އެކު އެ ސަރަހައްދުން އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ފުލުހުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް