ސާޓާގެ މެއިން ސްޕޮންސަރަކަށް އުރީދޫ، ކޯ ސްޕޮންސަރުންނަށް ހޯކްސްއާއި އޭޝިއާ ފޯވާޑިން

ސާޓާގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ޕްލެޓިނަމް ޕާޓްނަރ އަކަށް އުރީދޫ، އަދި ސިލްވާ ޕާޓްނަރުންނަށް ހޯކްސް ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

ސާޓާގެ ރާއްޖޭގެ ހޮސްޕިޓާލިޓީ ޕާޓްނަރ، ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، ސާޓާ އަކީ ސަރަހައްދުގައި ބާއްވާ ރާއްޖޭގެ ހަމައެކަނި ބްރޭންޑު ކަމަށާއި އެ ބްރޭންޑަކީ ވަރަށް ޝަރަފުވެރި އަދި ޚާއްސަ އެވޯޑެއް ކަމަށެވެ. އަދި އެ އެވޯޑު ސަަރަހައްދުން ބޭރުގައިވެސް ޕްރޮމޯޓު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސިއިރު ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސީ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ. އަދި ސާޓާގެ ޓްރެވަލް ޕާޓްނާއެއްގެ ގޮތުގައި މިއަދު ހަމަޖެއްސީ އެމްވީ ހޮޓެލްސްއެވެ.

ސާޓާގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ސާޓާގެ އޮފިޝަލް އޮޑިޓިން ޕާޓްނަރަކަށް ކްރޯ ހޮވާތު ހަމަޖައްސައި އެއްބަސްވުމުގައި ސޮއު ކުރި އިރު ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ ޑިޖިޓަލް ސްޓޫޑިއޯއެވެ. ވީޑިއޯގްރަފީ ޕާޓްނަރަކީ ވިޝުއަލް ބީމްސް، ނާން ޕްރައިވެޓް ލިމިޓެޑެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސާޓާގެ އިވެލުއޭޝަން މިއަދު ރާއްޖޭގައި ފަށާފައިވާއިރު އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.

ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ސްރީލަންކާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވޭލުއޭޝަން އޮންނާނީ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށް ފަހު ދެކުނު އިންޑިއާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.

ސާޓާގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މިމަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގައެވެ. އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާ އިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.

ސާޓާގެ އޮންލައިން ވޯޓިން މިހާރު ވެސް ހުޅުވާލާފައިވާ އިރު އެ އެވޯޑަށް ސަރައްހައްދުގެ ފަސް ގައުމަކުން ވަނީ ބޮޑެތި ބްރޭންޑުތައް ނޮމިނޭޓުކޮށްފައެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެ އަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް