އަނަސްގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފި

އަނަސްގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތުތައް އާއިލާއާ ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ސީޕީ އަރީފް (ކ) އަދި އަނަސްގެ ބައްޕަ (ވ) --- ފޮޓޯ/ ޕޮލިސް

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިިޔާޒުގޭ، މުހައްމަދު އަނަސް، 25ގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން އޭނާގެ އާއިލާއާ ހިއްސާކޮށްފި އެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމުގައި އަނަސްގެ މަރާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު އަނަސްގެ ބައްޕަ އަބްދުއްރާފިއުއާ ހިއްސާ ކުރެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އަނަސްގެ މަރާ ގުޅޭ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

ނަމަވެސް ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ އަނަސް މަރާލީ އޭނާގެ ކުށަކާ ގުޅިގެން ނޫން ކަމަށާއި އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓުގެ ސަބަަބުން ކަމަށް ވިދާޅުވެފައެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އައިސް ވަޅިން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.

ފުލުހުން މީގެ ކުރިން ބުނީ، އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތެއް އަދި އެއީ ކިތަން މީހުން ކަމެއް ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް