ދެކުނު އެފްރިކާގެ އަންހެނަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތާ އެކުވެސް ގްރޭސް މުގާބޭ އަނބުރާ ގައުމަށް

ޒިމްބާބުވޭގެ ރައީސްގެ އަނބިކަނބަލުންގެ މައްޗަށް ވަނީ ދެކުނު ކޮރެއާގެ އަންހެނަކަށް (ވ) ހަމަލާ ދިން ކަމުގެ ތުހުމަތުކޮށްފައި --

ހަރާރޭ (އޮގަސްޓް 16): ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނިބިކަނބަލުން ގްރޭސް މުގާބޭ ދެކުނު އެފްރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި އަންހެނަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުތައް ފެންމަތިވި ނަމަވެސް އޭނާ އަނބުރާ ގައުމަށް ވަޑައިގެންފި އެވެ.

އުމުރުން 20 އަހަރުގެ ގެބްރިއެލާ އެންޖެލްސް ކިޔާ މޮޑެލްއަކަށް ގްރޭސް ހަމަލާ ދެއްވިކަމުގެ ތުހުމަތު ކުރެވުމުން ގްރޭސް ވަނީ އަމިއްލައަށް ދެކުނު އެފްރިކާގެ ފުލުހުންނާ ހަވާލުވެވަޑައިގެންފައި ކަމަށް އެގައުމުގެ ޕޮލިސް މިނިސްޓަރު ވިދާޅުވި އެވެ.

ނަަމަވެސް ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން ގްރޭސް ވަނީ ފުލުހުންނާ ހަވާލުވާނެ ކަމަށް ވިދާޅުވުމަށް ފަހު، އޭގެ ބަދަލުގައި އަނބުރާ ޒިމްބާބުވޭއަށް ވަޑައިގެންފަ އެވެ. އަދި ޒިމްބާބުވޭގެ ސަރުކާރުން ވަނީ އެކަމަނާ އަނބުރާ ގައުމަށް ވަޑައިގަތް ކަމަށާއި ނަމަވެސް އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

އެންޖެލްސް ބުނި ގޮތުގައި ޖޮހަނަސްބާގްގެ ހޮޓަލެއްގައި ގްރޭސް މުގާބޭ އޭނާއަށް ހަމަލާ ދިނީ، ގްރޭސްގެ ދެ ފިރިހެން ދަރިންނާ އެއްތަނެއްގައި އެންޖެލްސް ދިރިއުޅޭ ކަމަށް ބުނެ އެވެ. އަދި އެކްސްޓެންޝަން ކޯޑަކުން ގްރޭސް އެ ހަމަލާ ދިން އިރު އެންޖެލްސް ހުރީ ގްރޭސްގެ ދަރިން އުޅޭ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ކަމަށް އޭނާ ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް