ގޮނޑި ގެއްލުނު މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރަން ފަށައިފި

ލޯޔަރު ވައްޑޭ ސުޕްރީމް ކޯޓައް ހާޒިރު ކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ިގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންގެ ބަޔާން ތަކުގައި ސޮއި ކުރުވުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ފަށައިފި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އައީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދު ލަތީފު މުހައްމަދު އެވެ.

އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ބާއްވަައި މިދިޔަ އާދިއްތަ ދުވަހު ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ.

މިއަދު މައްސަލައިގެ ބަޔާންތަކުގަިއ ސޮއުކުރުން ކުރިއަށް ދާކަން ވަކީލުން ކަށަވަރު ކޮށްދެ އެވެ.

ބަޔާން ތަކުގައި ސޮއިކޮށް ނިމުމުން ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ދުވަހެއް ސުޕްރީމް ކޯޓުން އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް