އިންޑިއާގައި ބާއްވާ ފިލްމް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގައި ބާއްވާ ބައިނަލްއަގްވާމީ ފިލްމް ފެސްޓިވަލެއްގައި ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު ދިވެހި ފިލްމް އިންޑަސްޓްރީއަށް ހުޅުވާލައިފި އެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ " 48 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެ ފިލްމު ފެސްޓިވަލުގައި ބައިވެރި ކުރެވޭނީ މިދިއަ އަހަރު ސެޕްޓެމްބަރު އެކަކުން މިއަހަރުގެ އޮގަސްޓް 31 އަށް ނެރެފައިވާ ފިލްމްތައް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް އެންސީއޭއިން އެދެ އެވެ.

ފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ފެސްޓިވަލްގެ އުސޫލް އެންސީއޭގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބޭނެ ކަމަށް އެންސީއޭއިން ބުންޏެވެ.

comment ކޮމެންޓް