Sun Online
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޚަބަރު

މާލޭ ލީގުގެ ޓީމްތައް އަތުން ބަލިވުމަކީ މައްސަލައެއް ނޫން: މޯހަން

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ މާލޭ ލީގު ޓީމް ތަކާއި އަތޮޅު ތެރެއިން އައިސް ތިބި މިނިވަން ޗެމްޕިއަންސް ޓީމް ތަކާއި ހާސްބައި ތަފާތު އެބަހުރި ކަމަށާއި އެ ޓީމުތައް އަތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށް ކުޑަހުވަދޫ ޓީމްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތް ކުޑަހުވަދުއަށް ކާމިޔާބުކޮށްދިން ކޯޗް، ރޭ ޕްރިމިއާ ލީގުގައި ޓީސީ އަތުން ވީ ބައްޔަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މާލޭ ލީގުގައި ކުޅޭ ޓީމްތަކަކީ މުޅިން ތަފާތު ފެންވަރުގެ ޓީމްތަކެއް ކަމަށެވެ.

މުހައްމަދު ޝީޔާޒް( މޯހަން)--

މީގެ ކުރިން އެއްވަނަ ޑިވިޝަނުގެ ބައެއް ޓީމްތަކަށް ކޯޗްކަން ކޮށްދީ މުހިންމު ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ކޯޗް ބުނީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަދި އޭގެ ކުރިން މާޒިޔާއާ އެކު ކުޅުނު މެޗުގައިވެސް ފެނިގެންދިޔައީ ޓީމުގެ ފަރާތުން ކުދިކުދި ގޯސްތައް ހެދުނުތަން ކަމަށާއި މިފެންވަރުގެ ފުޓްބޯޅައިގައި އެއީ ހަދައިގެން ނުވާނެ ގޯސްތަކެއް ކަމަށެވެ.

މޯހަން ބުނީ އަތޮޅު ތެރެއިން އަންނަ ޓީމްތަކަށް އެ މައްސަލަ ކުރިމަތިވަނީ އެ ކުޅުންތެރިން މަތީ ފެންވަރުގެ ފުޓްބޯޅާއަށް އައު ކަމުން ކަމަށާއި މަޑުމަޑުން ދަނޑަށް ހޭނި ފަރިތަވާން ދުވަސް ނަގާނެ ކަމަށެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި އަތޮޅު ތެރޭގެ ހަތަރު ޓީމް ވާދަކުރާއިރު ތިނަދޫ ފިޔަވައި އެއްވެސް ޓީމަކަށް މެޗެއް ކާމިޔާބުކުރެވޭ ގޮތެއް ނުވެއެވެ. އެ ޓީމަށްވެސް މޮޅެއް ލިބުނީ މާޅޮސް އަތުންނެވެ.

×
DB released.